ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިފެންސް މިނިސްޓަރގެ ދުބާއީ ދަތުރުފުޅަށް ކުރެވޭ ތުހުމަތު!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން ތެރެއިން - (ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖީޓެކްސް 2019) އަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ދަތުރުފުޅުގައި ހަރަދުކޮށްފައިވާ ގޮތާއި ބެހޭ ގޮތުން އެކަމަނާއަށް އަމާޒްވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ. 

ދުނިޔޭގެ އެންމެ ބޮޑު ޓެކް އެގްޒިބިޝަންގައި މިނިސްޓަރ މާރިޔާ ބައިވެރިވުމަށްފަހު ބުރާސްފަތި ދުވަހު އަނބުރާ ރާއްޖެ  ވަޑައިގެންފައިވާއިރު އެކަމަނާގެ ދަތުރުފުޅުގެ ތެރެއިން ދަރިކަނބަލުން ފެނިފައި ސަރުކާރުގެ ހަރަދުގައި ދަތުރުފުޅު ކުރައްވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މާރިޔާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުބާއީގެ  ދަތުރުގެ ހުރިހާ ހަރަދެއް ކުރައްވާފައި ވާނީ އަމިއްލަފުޅަށް ކަމަށާއި ދައުލަތުގެ ފައިސާއިން އެއްވެސް ހަރަދެއް އަމިއްލަފުޅަށްވެސް، އަދި އާއިލާ ބޭފުޅަކަށްވެސް ކުރައްވާފައި ނުވާނޭ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ހޭދަކުރަން ބަޖެޓުގައި ކަނޑައެޅި މިންވަރުގެ 99.4 ޕަސަންޓު ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާފައިވަނިކޮށެވެ.

https://twitter.com/MariyaDidi/status/1182596522594033664

މީގެ އިތުރުން ޖީޓެކްސް 2019 އެގްޒިބިޝަންގައި ވާހަކަ ދައްކަވައި މިނިސްޓަރ ވަނީ “ޖަޒީރާ ރާއްޖެ”އަކީ އަދުގެ ސަރުކާރުން ރާއްޖޭގައި ޓެކް ބޭނުންކޮށްގެން ހުރިހާ ގޮތަކުންވެސް ރާއްޖެ ގުޅުވާލުމުގެގޮތުން ކުރިޔަށްގެންދާ ގައުމީ މަޝްރޫއެއްކަން ފާހަގަ ކުރަށްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ މެދުއިރުމަތީގެ އެތައް ގައުމެއްގެ ވެރިންނާއި އަދި ވަޒީރުންނާއިވެސް ބައްދަލު ކުރަށްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: