ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ މުރުތައްދުވާން ދިން ހުއްދައެއް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅު ހަރަކާތް ހިންގާ މުރުތައްދުވާން ދިން ހުއްދައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ އަލްހާން މިގޮތަށް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) ގެ ބާނީ ޝަހިންދާ އިސްމާއީލް ޓެރަރިޒަމްގެ ގާނޫނު ފާސްވެގެން އެކަމާ ބިރުން ބަޔަކު ފިތުނަ އުފައްދާކަމަށް ބުނެ ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

 

https://twitter.com/AlhanFahmy/status/1180232510745104384

އަލްހާން ވަނީ ޝަހިންދާ އަށް އެފަދަ ހީވުމެއް ހީވެގެން އުޅުމަކީ ގޯހެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޝަހިންދާ އަށް އިލްތިމާސެއްވެސް ކުރައްވާފައެވެ. އެގޮތުން ޝަހިންދާ ހާސިލްކުރަން އުޅޭ ކަންކަން ރާއްޖޭގައި ވިޔަދިނުމަށް އެއްވެސް ސަރުކާރަކުން މަގުފަހި ނުކޮށްދޭނެކަން އަލްހާން ވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/AlhanFahmy/status/1182617074402594816

ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އިތުރު އެއްވެސް ދީނެއް އޮތުމަށް އިންޗިއެއްހާ މިންވަރުގެ ޖާގައެއް ނުދެއްވާނެކަމަށާއި އެކަމުގައި ސަރުކާރު ފެއިލްވެއްޖެނަމަ ރައްޔިތުން އެކަންކަން ހައްލުކުރާނެކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ޖަމިއްޔާ ސަސްޕެންޑު ކުރުމުގެ ސަބަބުން ޝަހިންދާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އިންޒާރެއް ދީފައެވެ.

ޝަހިންދާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލައިގައި ގާނޫނީ ކަންކަން ފެށުން އެއީ މާ “ރީތި” ކަމެއް ނޫން ކަމަށެވެ. އަދި، ޖަމިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް ޖަވާބު ދިނުމަށް “ނުކެރުނު” ކަމަށް އޭނާ ބުނެފައިވެއެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ނިންމައި ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް، އެ ހަބަރު ރީޓްވީޓުކޮށް ރެޖިސްޓްރާއަށް އަމާޒުކޮށް ޝަހިންދާ ބުނީ ޖަމިއްޔާ ސަސްޕެންޑު ކުރުމުގެ ކަންތަކާއި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދީފައި ނުވާ ކަމަށެވެ. ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ބުންޏެވެ.

ޝަހިންދާ ބުނެފައިވާގޮތުން، ރައީސް ސޯލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ.

އެމްޑީއެން ސަސްޕެންޑު ކުރުމުގެ މައްސަލައިގައި އާންމުން ބުނަމުންދަނީ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުން އެކަން ނުނިމޭ ކަމަށާއި އެ ޖަމްއިއްޔާ އަކީ ވަގުތުން އުވާލަންޖެހޭ ޖަމްއިއްޔާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: