ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާގެ އަގު އުފުލިގެން ދިއުމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރާއި އެކު މަޝްވަރާކޮށްފި!

ފިޔާގެ އަގު ކުއްލިއަކަށް އުފުލުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން 800 ރ. ފިޔާ ބަސްތާއެއް ވިއްކުމަށްފަހު 1000 ރ. އަށް ވެސް އަގު އަރައިގެން ދިޔައެވެ. ފިޔާ ލިބުން ދަތިވި ސަބަބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ އިންޑިއާގައި ފިޔާ ހައްދާ މައި ސްޓޭޓު މަހަރާޝްތާއަށް މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މޫސުން ގޯސްވެގެން ދިއުމެވެ. އޭގެ ކުރިން އައި ހޫނު މޫސުމުގައި ބައެއް ދަނޑުތައް ހޫނުގަދަ ވުމުގެ ސަބަބުން ހަލާކުވެގެން ދިޔައެވެ. އޭގެ ސަބަބުން ދަނޑުވެރިންނަށް ޑިމާންޑާ އެއްވަރަށް ފިޔާ ނުހެއްދި އެގައުމުގައި ވެސް ފިޔާގެ އަގު ތިން ގުނައަށް އުފުލުނީ އެވެ.

ފޮރިން މިނިސްޓްރީން ބާޔާން ނެރުމުގެ ކުރިން އެސްޓީއޯއިން ވަނީ ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ބުނީ ބާޒާރުގައި މިހާރު އަގުބޮޑުވެފައިވާ ފިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް އިންޑިއާއިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި މާދަމާއިން ފެށިގެން ކޮންޓްރޯލް އަގެއްގައި، ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑިމާންޑާ އެއްވަރަށް ފިޔާ ސަޕްލައި އިތުރު ކުރަން އިންޑިއާ ސަރުކާރުން މިހާރު ވަނީ އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓުވައި، ފިޔާ އެހެން ގައުމުތަކުން އިމްޕޯޓު ކުރަން ނިންމައިފައެވެ.

އިންޑިއާ އަކީ ރާއްޖޭގެ ވިޔަފާރިތަކުން އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ އެއް ގައުމަށްވާއިރު އިންޑިއާއިން ފިޔާ ނުގެނެވުމުން، ރާއްޖޭގައި ފިޔާގެ ސަޕްލައި މަދުވެ، ބާޒާރުން ފިޔާ ވަނީ ހުސްވެފައެވެ.

ފޮރިން މިިނިސްޓްރީއިން ބުނީ، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިތަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އަދި މިވަގުތު އެއްވެސް ދަތިކަމެއް ނެތި އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

ރައްޖޭގެ ވިޔަފާރިވެރިން ބުނެފައިވާގޮތުން، ފިޔާ އެކްސްޕޯޓު ކުރަމުންދާ ޓުޓިކޮރިން ބަނދަރުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފައެވެ. އިންޑިއާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއް ދީފައިވީ ނަމަވެސް އެ ބަނދަރުން ބޯޓުފަހަރުތަކަށް ފިޔާ ބަރެއް ނުކުރެވޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި އިންޑިއާގެ އެހެން ބަނދަރުތަކުން ފިޔާ ބޭރުކުރުމަށް ބައެއް ވިޔަފާރިވެރިން މިހާރު މަސައްކަތްކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދައި އުޅެނީ މަހަރާޝްތާ ސްޓޭޓާއި، ގުޖުރާތާއި، މަދްޔަ ޕްރަދޭޝްއާއި، އުއްތަރު ޕްރަދޭޝްއާއި، ވެސްޓް ބެންގަލްއާއި، ކަރުނާޓަކާ އަދި ބިހާރު މި ސްޓޭޓުތަކުގައެވެ. މި ސްޓޭޓުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ފިޔާ ހައްދަނީ މަހަރާޝްތާ ސްޓޭޓުގައެވެ. އިންޑިއާގައި ހައްދާ ފިޔާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައި ހައްދަނީ އެ ސްޓޭޓުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: