ކުއްލި ޚަބަރު

އިސްލާމީ ދައުލަތެއް، ފެންނަނީ ދީނާއި ބީރައްޓެހިކޮށް! މިއީ ރަސޫލާގެ މިސާލުން އަމަލުކުރަންވީ ވަގުތު!

ރާެއްޖެއަކީ ސައްތައިން ސައްތް މުސްލިމް، އިސްލާމީ ދައުލަތެއްތޯ ސުވާލު އުފެދޭ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ދީނީ ވަހުދަތާއި އިސްލާމީ ސިޔާދަތު ހިމާޔަތް ކުރުމަކީ ލާޒިމްވެގެންވާ ކަމެކެވެ. ދީނަކީ ކޮންމެ ގައުމެއްގެވެސް ބިންގަލެވެ. އެގައުމެއް ރަމްޒުކޮށްދޭ މައިގަނޑު އަސާސްތަކުގެ ތެރޭގައިވެސް ދީނަކީ އެންމެ މުހިންމު އަސާސެވެ. އެހެން ކަމުން ކޮންމެ ޙާލަތެއްގައިވެސް ދީން ހިމާޔަތްކުރުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ވާންޖެހެއެވެ.

މި ކުޑަ ދިވެހި ރާއްޖެއަކީ މިއަދު ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ، އިސްލާމީ ދައުލަތެކޭ ބުނުމުގެ ކުރިން އެކަމާއި ވިސްނާލަން ވަގުތުކޮޅެއް ނަގައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ނުވަތަ ދައުލަތެއްގައި ހިނގަން ނުޖެހޭ އެތަށް ކަމެއް އެބަ ފެނެއެވެ.

ރާއްޖޭގައި މަތީ ކޯޓެއްގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރެއްވިތަންވެސް ދެކެފީމެވެ. މި މައްސަލައާއި ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ބޮޑު ބަހުސެއްވެސް ފެށުނެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެހާ ބާރުތައް ގާނޫނު އަސާސީއިން ލިބިދީފައިވާއިރު އިސްލާމްދީނުގައި އެފަދަ ބާރެއް އަންހެނުންނަށް ލިބިދީފައެއް ނުވެއެވެ. އިސްލާމީ ދައުލަތެއްގެ އެންމެ އިސް ފަނޑިޔާރުންގެ މަޤާމަށް އަންހެނުން އިސްކުރުން ހުއްދަވެގެން ނުވާކަމަށް ރާއްޖޭގެ އެތަށް ދީނީ އިލްމުވެރިންނެއް ގޮވާލަމުންވެސް، ދީނީ އިލްމުވެރިންނަށް ގޮންޖެހުމަށްފަހު ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރިމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކުރިއެވެ.

އިލްމުވެރިންނަކީ އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކާއި ފިކުރުުތަށް އާންމުވެގެންދާހިނދު ގައުމު ސީދާ މަގަށް އެޅުވުމަށް ނަސޭހަތްތެރިވާން ތިބޭ ބަޔަކަށް ވީހިނދު މުޖްތަމަޢުގެ ތެރެއިން ފެނިގެން ދަނީ އެފަދަ ބޭފުޅުންގެ ބަސް ނުވިކޭތަނެވެ. ޒަމާނާ އެއްގޮތަށް މިއަދު ދީނީ އިލްމުވެރިންވެސް ފަތުވާ ދޭ ތަނެއްގެ ގޮތުގައި ސޯޝަލް މީޑިއާ ވަނީ ވެފައެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ކިލަނބުވެފައިވާ ސޯޝަލް މީޑިއާގައި ދީނީ އިލްމުވެރިންނަކީ އެއްވެސް ކަމެއް ދަންނަ ބައެއް ނޫންކަހަލައެވެ. ކިޔަނީ ކިޔާނެ އެއްޗެކެވެ. ބުނަނީ ބުނާނެ އެއްޗެކެވެ. ސުޕްރިމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމުގައި ސޯޝަލް މީޑިޔާގައި ދިޔަ ބަހުސްގެ ތެރެއިން އެކަން ފެނިގެން ދިޔައެވެ. އަދި މި ފަހުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ދީނާއި ބީރައްޓެހި، އިސްލާމްދީނުގެ އަސާސްތަކާއި ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސުވާލު އުފައްދާ ނެރުނު ރިޕޯޓާއި މެދު ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔަ ވާހަކަތަކުންވެސް އެކަން ހާމަވެގެން ދިޔައެވެ.

އެމްޑީއެން އިން ނެރުނު އެ ރިޕޯޓުގައި ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާއިރު ރިޕޯޓުގެ ދިފާއުގައި އަދި އެމްޑީއެންގެ ފިކުރުގެ ދިފާއުގައި ނިކުމެ އުޅޭ މީހުން މަދު ނޫންކަން ފާހަގަ މި ކުރަނީ ހިތާމަޔާއެކުއެވެ. މީގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ޤާނޫނު ފާސްކުރާ މަޖިލީސްވެސް ހިމެނެއެވެ. އެމްޑީއެންގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ދިވެހި ފުލުހުންވެސް ވަނީ ބުނެފައެވެ. މިހާތަނަށް މި މައްސަލާގައި ކަމާއި ބެހޭ އިދާރާތަކަށް އެޅުނު ފިޔަވަޅަކީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމެވެ. އެމްޑީއެން ސަސްޕެންޑް ކުރެވުނު އިރު ރިޕޯޓު ލިޔުނު މީހުން އަދިވެސް ތިބީ މިނިވަންކަމާއެކުގައެވެ. އިތުރު ރިޕޯޓެއް ނުލިޔުނު ނަމަވެސް އެމީހުންގެ ލިޔުމެއް ނުހުއްޓެއެވެ. ސޯޝަލް މީޑިއާގައި ރިޕޯޓު ކުށްވެރިކޮށް ލިޔާ ކޮންމެ މީހަކަށް އެމީހުންދަނީ ރައްދު ދެމުންނެވެ. ނުވިތާކަށް ޖަމިއްޔާ ސަސްޕެންޑް ކުރުމުން ގައުމުގެ އެންމެ މަތީވެރިޔާއަށް އެމްޑީއެންގެ ބާނީ ވަނީ އިންޒާރުވެސް ދީފައެވެ. އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެ ޖަމިއްޔާގެ ބާނީ ޝަހިންދާ އިސްމާއީލް ވަނީ ރައީސް ސޯލިހު ހިމެނޭ ގޮތަށް މުޅި ދައުލަތަށް ރައްދު ދީފައެވެ. އޭނާ ވަނީ ރައީސް ސޯލިހަށްް އިންޒާރެއް ދީފައެވެ.

މިހާ ފާޅުކަން ބޮޑުގޮތެއްގައި މިމީހުންނަށް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ލިބިގެން އެދަނީ އެ ފުރުސަތު ކޮންމެވެސް ބަޔަކު ދޭތީއެވެ. ޤައުމުގެ ވަލިއްޔުލް އަމުރުއަށް ރައްދު ދެވޭނީ އެމީހުންނަށް ވާގިވެރިވާ ބާރު ހުރި އިތުރު ބަޔަކު ތިބީތީކަމަށް އަޅުގަނޑު ދެކެމެވެ.

އެމްޑީއެން ސަސްޕެންޑް ކުރެވުނު އިރު އެ ޖަމިއްޔާގެ ބައެއް މެންބަރުން ސަރުކާރުގެ މަގާމުތަކުގައި އެބަ ތިއްބެވެ. އެބޭފުޅުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ފާޓު ފުޅާ މެޖޯޜިތީއެއް އޮތް މަޖިލީހުގައި އެ މައްސަލަ ތަޅުމުން ބޭރުކޮށްލީ 35 މެންބަރުންގެ ވޯޓު ދީގެންނެވެ. މަޖިލީހުގެ ތެރޭގައިވެސް އެމްޑީއެން ދިފާއުކުރުމަށް އުޅުއްވާ ބޭފުޅުންވެސް އުޅެނީތާއެވެ. އަދު މަޖިލީހުގެ ރައީސްވެސް މި މައްސަލާގައި އެމްޑީއެން ދިފާއު ކުރެއްވީތާ ކަން ނޭނގެއެވެ.

ކޮންމެއަކަސް ސުޕްރިމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެނުން އައްޔަންކުރުމާއި، ދީނީ އިލްމުވެރިންގެ ބަސް ނުވިކުމާއި، ފާޅުކަންބޮޑުގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން އާންމުވެ އިސްލާމީ އުސޫލުތަކަށް ހަޖޫޖަހާ މީހުން ފާޅުގައި ހިޔާލުފާޅުކުރަމުންދާއިރު ހިތާމައަކީ މި މީހުންނަށް ފުރުސަތުދީ ހިތްވަރުލައިދޭ މީހުން މި ޤައުމުގައި ގޮތް ނިންމޭ ފަންތީގައި ތިއްބެވީތީއެވެ.

އެބުނާ އަނދިރި ދައުލަތަކީ މިއީ ކަމަށްވެސް ވެދާނެއެވެ. މި އަނދިރިކަން މުޅި ދައުލަތް ވަށާނުލަނީސް އަނގައިން ބުނެލާ ބަހަކުން ނުވަތަ ކޮށްލާ ޓުވީޓެއްގެ ބަދަލުގައި އަމަލުން އެކަން ސާބިތުކޮށްދެއްވުމަށް އަޅުގަނޑު ކަމާއި ބެހޭ އިދާރާތަކަށް އާދޭހާއިއެކު ދަންނަވަމެވެ.

ރިޕޯޓު ނިންމާލުމުގެ ކުރިން އެންމެހާ ރައްޔިތުންނަށް ނަސޭހަތެއް ދޭން ބޭނުންވެއެވެ. ޚާއްސަކޮށް އެމްޑީއެން ކުށްވެރިކުރާ މީހުންނަށެވެ. އެ ޖަމިއްޔާއިން އެ ކުރީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އަދި ފުރުސަތު ދޭންވާނެ ކަމެއްވެސް ނޫނެވެ. ނަމަވެސް އެމީހުންނާއި ރުޅިވެރިކަމާއި ނަފްރަތާއި އެކު ކުރިމަތި ލުމަކީ އެކަމުގެ އެންމެ އެދެވޭ ނަތީޖާ ނިކުންނާނެ ނިންމުމެއް ނޫނެވެ. އިސްލާމް ދީނުގެ އަދާވާތްތެރިން އަބަދުވެސް ތިބޭނެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމަލުފުޅުން ފިލާވަޅު ނަގާށެވެ. އެކަލޭގެފާނަށް ސީދާގޮތުން މުޝްރިކުން ކުރިމަތިކުރުވި އުނދަގޫތަކާއި ދުއްތުރާތަކާއި، އެކަލޭގެފާނަށް ކުރިމަތި ކުރުވި ގޮންޖެހުންތަކަށް ރައްދު ދެއްވީ އޯގާތެރިކަމާއި އެކުގައެވެ. އަދި ކެތްތެރިކަމާއެކުގައެވެ. މިއީ އަހަރެމެން ރަސޫލާގެ އަމަލުފުޅުތަކުން ފިލާވަޅު ނަގަންވީ ވަގުތެވެ. ނަމަވެސް އެމްޑީއޭއަކީ މިހާރުން  މިހާރަށް އުވާލަން ޖެހޭ ޖަމްއިއްޔާއެކެވެ. އެމްޑީއެންގެ ފިކުރަށް ދިވެހި ރައްޔިތުންވެސް ބުނަނީ ނޫނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: