ކުއްލި ޚަބަރު

ހަނގުރާމައަށް ދިއުމަށް ހިއްވަރު ދިނުން، އެއީ މިހާރު ޓެރަރިޒަމްގެ ކުށެއް!

ޓެރަރިޒަމްގެ ބިލް ތަސްދީގު ކުރައްވައިފި، ފުލުހުންނަށް ގާނޫނީ ބޮޑެރި ބާރުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

ޓެރަރިޒަމް ހުއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު 22 ގައެވެ. ހަފްތާއެއްހާ ދުވަހުގެ މަސައްކަތައް ފަހު، ބިލު ދިރާސާކޮށް، ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށްފައެވެ. އަދި މަޖިލީހުން އެ ރިޕޯޓަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ގާނޫނު ތަންފީޒީ އިދާރާތްތަކުން އަޅާ ފިޔަވަޅުތަކުން ބަޔާންކޮށް ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން ހުށަހަޅަންޖެހޭނެއެވެ. ސިއްރު ރިޕޯޓުގައި ހިމަނަން ޖެހޭ ޖުމްލަ ނުވަ ކަމެއް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންގެ އަދަދާއި ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ހުލާސާ އަދި ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުނު ފަރާތްތަކުގެ މައުލޫމާތާއި އެކަން ކުރަން ޖެހުނު ސަބަބާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތާއި ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވުނު މީހުންނާއި ބަލާ ފާސްކުރި ތަންތަނާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު ހިމަނަން ޖެހެއެވެ. އަދި ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅުނު ފަރާތްތަކުގެ އަދަދާއި އެކަމާއި މެދު ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލުގެ އިތުރުން ރިސްކް އެސެސްމަންޓް ހެދުނު ފަރާތްތަކާއި އެފަރާތްތަކާ މެދު ނިންމި ގޮތް އަދި ރިހެބިލިޓޭޝަން ހިންގުނު މީހުންގެ ތަފްސީލާއި އެކު ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ މެދު ދެކޭ ގޮތް ރިޕޯޓުިގައި ހިމަނަން ޖެހެއެވެ.

މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭ ނަމަ، އެ ހާލަތުގައި އެ ތަންފީޒީ އިދާރާއަކުން އަމަލުކޮށްފައިވާ ގޮތާއި ދެކޭގޮތް ބަޔާންކޮށް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ހިއްސާ ކުރަން ޖެހޭނެ އެވެ. ނަމަވެސް އެފަދަ އެއްވެސް ރިޕޯޓެއްގައި ތަހުގީގަށް ހުރަސްއެޅޭފަދަ މައުލޫމަތު ހިމެނޭ ނަމަ، އެފަދަ މައުލޫމާތު ނުހިމެނުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި އެ ބިލުގައި ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް އޮތުމުން ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންނާ ދެކޮޅަށް އެ ގާނޫނު ބޭނުން ކޮށްފާނެތީ ގިނަ ބައެއްގެ ކަންބޮޑުވުންތައް އެކަމަށް އަމާޒުވި އެވެ. އެ ކަންބޮޑުވުންތަކާ ހެދި އެ ބިލުގެ ބައެއް ބައިތަކަށް މަޖިލީހުން ބަދަލު ގެނަ އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ޚާއްސަ ބާރުތަކެއް ލިބޭ އެ ބިލް ފާސް ވިޔަސް، އޭގެ ނާޖާއިޒް ފައިދާ ފުލުހުން ނުނަގާނެ ކަމަށެވެ.

އެ އިސްލާހުގައި ޓެރަރިޒަމްގެ ކުށްތައް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ހެކީގެ ބާވަތްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން މަދުވެގެން ހަތަރު ހެއްކެއް ހުރެއްޖެ ނަމަ، ޓެރަރިޒަމްގެ ކުށް އެ މީހެއްގެ މައްޗަށް ސާބިތުވާ ގޮތަށް ވެސް އެ އިސްލާހުގައިވެ އެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން މެވެ.

ޓެރަރިޒަމްގެ ބިލަށް މަޖިލީހުން ގެނައި އިސްލާހުތަކަށް ރައީސް ތަސްދީގު ކުރެއްވުމާއި އެކު އަމަލު ކުރަން ފެށުނީއެވެ. ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާޙުތަކެއް ހުށަހަޅާފައި މިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެއީ ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުން ރިލްވާން މަރާލާފައިވަނީ ހައްދު ފަހަނައެޅި ޖަމާއަތެއްގެ ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: