ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީޓީވީގެ މުވައްޒަފުން: ނޫސްވެރިކަމުގެ ހަޔާތުގައި ހިތްދަތި ދުވަސްތަކެއް!

ވީޓީވީ ހުންނަ އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

“މިއަދަކީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތުގައި ވަރަށް ހިތްދަތި ދުވަހެއް. އެކުގައި މަސައްކަތްކުރި ގިނަ މުވައްޒަފުންނާއި ވަކިވާންޖެހުމަކީ ހިތްދަތިކަމެއް”. ވީޓީވީއިން މުވައްޒަފުންތަކެއް ކަނޑާލުމާއި ގުޅިގެން އެ ޗެނަލްގެ ސީނިއަރ އެޑިޓަރ އަމީނާ ނައީމް (އަނާ) އޭނާގެ ޓްވިޓަރގައި ލިޔެފައިވެއެވެ.

އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ (އައިބީސީ)ގެ ދަށުން ވީ މީޑިއާ ހިންގަމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. ވީޓީވީގެ އިތުރުން ވީއެފްއެމް ރޭޑިއޯ އަދި ވީ ނިއުސް އޮންލައިންވެސް ހިންގަމުން އަންނަނީ އެ ކުންފުނީގެ ދަށުންނެވެ. އެ ކުންފުންޏަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުންޏެކެވެ.

ވީޓީވީއިން މުވައްޒަފުންތަކެއް ވަކިކޮށްފައި މިވަނީ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތަސްލީމާ އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސަރކިއުލާއަކަށް ފަހުގައެވެ. އޭގައިވަނީ ކުންފުނި ހިންގަން ކުރަންޖެހޭ ޚަރަދަށްވުރެ ލިބޭ އާމްދަނީ ދަށްވުމާއި ގުޅިގެން ތަން ރީސްޓްރަކްޗަރ ކުރުމުގެ ވާހަކައެވެ. އޭގެ ފަހުން އެ ޗެނަލްއިނ 40 ވަރަކަށް މުވައްޒަފުން އެއްފަހަރާ ވަކިކުރާނެކަމުގެ އަޑުތައް ފެތުރިފައިވެއެވެ.

އެއާއެކު ރޭގެ ވަގުތެއްގައި ވީޓީވީއިން މިވަނީ މުވައްޒަފުންތަކެެއް ވަކިކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެ ސްޓޭޝަންގައި މަސައްކަތް ކުރި ގިނަ ނޫސްވެރިންތަކެއް އަންނަނީ މީސް މީޑިއާގައި އެމީހުންނަށް ކުރިމަތިވެފައިވާ ހިތްދަތިކަން ހިއްސާކޮށް އެކަކު އަނެކަކަށް ހިއްވަރު ދެމުންނެވެ.

 

https://twitter.com/AmeenaAna/status/1182341930681679874

އައިބީސީގެ ކޮންސަލްޓެންޓް މުހައްމަދު ރަޒީން މީގެ އެއް މަސްދުވަސް ކުރިން ވީ ނިއުސްއަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބްރޯޑްކާސްޓިން ގެންދެވޭނެ މޮޑެލެއް ވީޓީވީގައި އެކުލަވާލެވިފައި ނުވާކަމަށެވެ. އަދި “ސަންގު ޓީވީ” ފަދަ ޗެނަލްތައް ފަހުން ފެށިއިރު އެ ޗެނަލް ފެށީ މަދު މުވައްޒަފުންނާއެކު ލައިޓް އިކުއިޕްމެންޓުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. ސަންގު ޓީވީ ފަށާފައިވަނީ އެޗުޑީކޮށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ވީޓީވީގެ ޓްރާންސިޝަން ސަންގު ޓީވީ ފަދަ ޗެނަލްތަކާއި ދިމާލަށް މިސްރާބު ޖަހަން ޖެހޭ ކަމަށެވެ.

https://twitter.com/AmeenaAna/status/1182382797782048768

ވީ މީޑިއާއިން ވަޒީފާއިން ވަކިކުރާ މުވައްޒިފުންގެ ތެރޭގައި އެ މީޑިއާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒިފުން ހިމެނެއެވެ. މީގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން ވީ އޮންލައިން ހިންގުމުގައި އިސްކޮށް ހުރި އަހުމަދު ރިފާއުއާއި، ކުޅިވަރު ޚަބަރުތައް ލިޔުމުގައި ފާހަގަކޮށްލެވޭ މުހައްމަދު ޝާންވެސް ހިމެނެއެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ވީމީޑިއާ އިން 15 މުވައްޒަފުން ވަކި ކުރިއެވެ. އެފަހަރު ވަނީ ވީއެފްއެމްގެ ޕްރޮޑަކްޝަން ޑިޕާޓްމެންޓްގެ ހުރިހާ މުވައްޒަފުން ވަކިކޮށްފައެވެ. އެއިރުގައިވެސް މުވައްޒަފުން ވަކިކޮށްފައިވަނީ ޚަރަދު ކުޑަކުރަން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: