ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރާއްޖޭގެ ޝަރުއީ ދާއިރާއަށް އިތުބާރު ގެއްލުނީ ސުޕްރީމް ކޯޓުގެ އަމަލުތަކުގެ ސަބަބުން” ރިޕޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ އިސްލާހު ކުރަން ފުރަތަމަ ކުރަންވީ ކަމަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވަކި ކުރުން ކަމަށް ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އެކުލަވައިލެއްވި “އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް” ރިޕޯޓުގައި ބުނެފިއެވެ.

ޔޮހާން ކްރީގްލާ އަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ސަރުކާރަށް ހުށަހެޅި ކަންތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ގުޅުން ހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާރ ކުރުމާއި ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާ ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާ ކުރުމާއި، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ގެއްލުނީ ސުޕްރީމް ކޯޓުގެ ސަބަބުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ ބައެއްގެ ގޮތުގައި ސިފަކޮށް، ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެފައިވާ ކަމަށާއި ސިޔާސީ ފައިދާއަށް އެ މީހުން ބޭނުންކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އޭގެއިތުރުން އެކެއް ފެބުރުއަރީ އަމުރުގެ ކަންބޮޑުވުން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ އުމުރާއެކު ސުޕްރީމް ކޯޓުން ރާއްޖޭގެ ސިޔާސީ މައިދާނުގެ ތެރެއަށް ވަދެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ގާނޫނު އަސާސީގެ ރައްކާތެރި ކަމާއި ހަމަޖެހުން ގާއިމް ކުރުމަށް ސުޕްރީމް ކޯޓަކީ ފެއިލް ވެފައިވާ ތަނެެކެވެ. އަދި އެއީ ރައްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއް ކަމަށާއި އެހެން ވެފައިވަނީ ގާނޫނު އަސާސީ އާއި އާ ގާނޫނުތަކުގެ މައްސަލައަކުން ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. ޔޮހާން ލިޔުއްވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެއީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ވެސް ސުޕްރީމް ކޯޓުގެ ހާލަތު ކަމަށެވެ.

ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ސޫމޯޓޯކޮށް މައްސަލަތައް ބެލުމަށް ފާޑުކިޔާ ރިޕޯޓުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް، ނުވަތަ ސުލޫކީ މައްސަލަތަށް ޖުޑީޝިއަލް ސާވިސް ކޮމީޝަން ޖޭއެސްސީން ބަލަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ގާނޫނު އަސާސީއާއި ގާނޫނުގައި ވާ ގޮތުގެ މަތީންކަމަށް ބުނެފައިވެއެވެ.

ކްރީގްލާގެ ރިޕޯޓަށް ރިއާޔަތް ކުރުމަށް ފަހު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމާފަ އެވެ. ޖޭެއެސްސީން ހާމަކޮށްފައިވާ ގޮތުން ބެލުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބަލަން އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތަކެވެ. ނަމަވެސް، އެ ފަނޑިޔާރުންގެ ނަމެއް ޖޭއެސްސީން ޙާމަކޮށްފައި ނުވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ.

ރިޕޯޓް އެކުލަވާލަން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ޝަރުއީ ދާއިރާ އާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫން ވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އާންމު ކޮށްފައިވާ އެ ރިޕޯޓްގައި ޔޮހާން ކްރީގްލާ ލިޔުއްވާފައިވާ ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ނުބައިކޮށް މާނަކޮށް، ދުސްތޫރީ މައްސަލަތައް ބެލުމުގެ ނަމުގައި ގާނޫނު އަސާސީން ދީފައި ނުވާ ބާރުތައް އަމިއްލަ އަށް ހޯދާފައިވާ ކަމަށެވެ.

ޔޮހާން ވިދާޅުވެފައިވަނީ މިއަހަރުގެ އޮގަސްޓު މަހު އޭނާ އެ ރިޕޯޓު ރައްޔާރު ކުރުމާއި ހަމައަށް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އެތައް ތުހުމަތުތަކެއް ކުރެވިފައިވާ ބައެކެވެ.
އަދި އެ މައްސަލަތައް ބަލަން ގާނޫނުން މަތިކޮށްފައިވާ ޖޭއެސްސީގެ އިހުތިސޯސް ތެރެއަށްވަދެ، ރައްޔިތުންގެ މަޖިލީހަށް ބަސްބުނުމުގެ ބާރެއް އެ ކޯޓަށް ލިބިގެން ނުވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ ގާނޫނު އަސާސީގެ މައްސަލައެއް ނޫން ކަމަށް ބުނެ ޔޮހާން ވަނީ ރައްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށް އެ މަގާމަށް ނަޒާހަތްތެރި އާ ފަނޑިޔާރުންތަކެއް ގެނެސްގެން ކަމަށެވެ.

ނަމަވެސް، މިއީ އެއްވެސް ހާލެއްގައި ބަޔަކާއި މެދު ޒާތީ ހަސަދައާއި ބަދަލު ހިފުމުގެ ނިޔަތުގައި ކޮށްގެންވާނެ ކަމަށް ނޫން ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ފިޔަވަޅަކީ އެއީ މުޅި ޖުޑީޝިއަރީ ދާއިރާއާއި ދާއިރާގައި ތިބި “ކޮރަޕްޓު” ފަނޑިޔާރުންނަށް ފިލާވަޅެއްގެ ގޮތުގައި ކަމަށް ޔޮހާން ވިދާޅުވެފައިވެއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވޭ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޖޭއެއްސީގެ އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރަށް ރިޕޯޓުގައި ބުނީ އިސްތިސްނާފުކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: