ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާރކް ގައުމުތަކުގެ އެޑިއުކޭޝަން ބައްދަލުވުން ރާއްޖޭގައި ފަށައިފި

ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިން ވަނަ ބައްދަލުވުން.ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ތިން ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފައްޓަވައިފިއެވެ. 

“ކްރޮސްރޯޑްސް މޯލްޑިވްސް”ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސައުތު އޭޝިއާ ރީޖަންއިން ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ސައުތު އޭޝިއާ ރީޖަންއިން ސްކޫލަށްދާ ދަރިވަރުންގެ ނިސްބަތް އިތުރުވެ، ތަޢުލީމީ ގޮތުން މަތީހަރުފަތްތަކަށްދާ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށްވިދާޅުވި އެވެ. އެހެން ނަމަވެސް މިހޯދުނު ކާމިޔާބީތަކާއެކުވެސް ސައުތު އޭޝިއާ ރީޖަންއިން އިތުރަށް ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާރކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ވިދާޅުވީ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ސަރަހައްދަށް ފައިދާ ކުރާނެ މުހިއްމު ނިންމުންތަކެއް ނިމިގެންދާނެ ބައްދަލުވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ސާކް އެޑިއުކޭޝަން ބައްދަލުވުމުގައި މިނިސްޓަރ އައިޝަތު އަލީ ވާހަކަ ދައްކަވަނީ. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިނިސްޓަރުންގެ ބައްދަލުވުން ޗެއަރ ކުރައްވަނީ ރާއްޖޭގެ ފަރާތުން މިނިސްޓަ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ އެވެ.

ސާރކް ގައުމުތަކުގެ ތަޢުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު އިއްޔެ ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުން ޗެއަރ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ.

މި ބައްދަލުވުމުގައި ވަނީ 2014 ވަނަ އަހަރު ބޭއްވުނު އެޑިއުކޭޝަން / ހަޔަރ އެޑިއުކޭޝަންގެ މިފަދަ ދެވަނަ ބައްދަލުވުމުގައި ނިންމުނު ކަންކަން ސާރކްގެ ގައުމު ތަކުން ތަންފީޒުކުރަމުންދަނީ ކިހާ މިންވަރަކަށްތޯ އެގައުމުތަކުން ހުށައަޅާފައެވެ. އަދި  މިކަމުގެ ރިޕޯޓްވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

ސާކް އެޑިއުކޭޝަން ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން މިއަދުގެ މިނިސްޓަރުންގެ ބައްދަލުވުމަށް 2 ޕޭޕަރެއް ހުށައެޅުމަށް އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެ ދެ ޕޭޕަރަކީ ” މާލޭ ޑެކްލަރޭޝަން ” އަދި ” އެޑިއުކޭޝަން 2030: ސާރކް ފްރޭމްވޯކް ފޯރ އެކްޝަން ” މި ދެޕޭޕަރެވެ. މި ދެ ކަރުދާހާމެދު މިނިސްޓަރުންގެ ބައްދަލުވުމުގައި މިހާރުދަނީ މަޝްވަރާ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: