ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް އާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ހިންގައިފި

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުވުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން: ފޮޓޯ ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވައިފިއެވެ.

އެ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔައީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ “ޑަބްލިއު.އެޗް.އޯ” އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުވުމަށް ބޭއްވި އެ މައުލޫމާތު ދިނުމުގެ ސެޝަންގައިވަނީ 116 ދަރިވަރުން ބައިވެރިވެފައެވެ.

އެ ސެޝަންގައި އެންޓިބައޮޓިކް ރެސިސްޓެންޓަންސް އަކީ ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތެއްކަމާއި އެކަމުން ސަލާމާތް ވުމަށްޓަކައި ފަރުދީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދަރިވަރުންނަށް ކިޔައިދިނެވެ.

މީގެ އިތުރުން އެކަން ހައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ދަރިންނަށް ކިޔާއިދިނެވެ.

އެ ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޝާހް ޢަބްދުﷲ މާހިރުގެ އިތުރުން ޑަބްލިއު.އެޗް. އޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.އަރަވިންދު މާތުރްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: