ކުއްލި ޚަބަރު

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ 4000 މީހުން ރާއްޖޭގައި އެބަ އުޅޭ: މިނިސްޓަރ އަމީން

މިނިސްޓަރ އޮފް ހެލްތް އަބަދުﷲ އަމީން- (ފޮޓޯ - ހެލްތް މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ނަފްސާނީ ސިއްަޙަތަށް ފަރުވާ ހޯދަމުންދާ 4 ހާހެންހާމީހުން ދިވެހިރާއްޖޭގައި އުޅޭކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އަމީން މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހާގުުޅިގެން ދެއްވި ހިތޯބުގައެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ ޝިއާރެއްގެ ގޮތުގައި މިއަހަރު ރާއްޖޭގައި ބޭނުން ކުރަނީ " ނަފްސާނީ ދުޅަހެޔޮކަން" މި ޝިޔާރެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށެވެ.

މިއަހަރަކީ ނަފްސާނީ ސިއްހަތު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި އެތައްކަމެށް ކުރެވިފައިވާކަން ފާހަގަކުރަށްވާ މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ މި ސަރުކާރުން ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މެންޓަލް ހެންތު ސެންޓަރ ގާއިމް ކޮށްފައިވަނީ މިއަހަރު މާރޗް 25 ވަނަ ދުވަހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައެވެ. މި ދުވަހުން ފެށިގެން އައި.ޖީ.އެމް.އެޗްގެ މެންޓަލް ހެލްތު ސެންޓަރ އިން މެދު ނުކެނޑި ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މި އަދުގެ ނިޔަލަށް މި ސެންޓަރ މެދުވެރިކޮށް 4 ހާހެއްހާ މީހުންނަށް ޚިދުމަތް ވަނީ ދެވިފައިވާކަމަށްވެސް އަމީން ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް އާއިލާއާއި މުޖުތަމައުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން މި ޚިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ޚިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންކަމަށް މިނިސްޓަރ ވަނީވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: