ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ބަދަލުތަކެއް!

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން: ފަިއލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް އިސަލާމިކް މިނިސްޓްރީން ބަދަލުތަކެއް ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. 

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް އިސްލާމިކް މިނިސްޓްރީން ގެނެސްފައިވާ ބަދަލުގައި ބުނެފައިވާ ގޮތުގައ ިދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި، ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެފައިވާ މީހެއްކަމުގައި، ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ޚިޔާނަތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި އޮވެގެން ނުވާނެއެވެ. 

އުސޫލުގައި ބުނެފައިވާ ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ޗެކް ކުރުމުގެ މަރުޙަލާގައި، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅައިފައި ނުވާ ނަމަ، ނުވަތަ ހުށަހަޅައިފައި ނުވާކަން ފާހަގަކުރެވިއްޖެ ނަމަ، ނުވަތަ އުސޫލުގައި ބަޔާންކުރާ އެއްވެސްކަމެއް ފުރިހަމަ ނުވާ ނަމަ، އެ ފަދަ ޕްރޮޕޯޒަލެއް އިޞްލާޙު ކުރުމަށް ޓަކައި، ރަސްމީ ބަންދު ނޫން  ތިން ދުވަހުގެ ފުރުޞަތެއް ދޭންޖެހޭނެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް، ހުއްދަ ލިބޭފަހުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އެ ކުށެއްގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ ޝަރުޠު ތައް ކުންފުނިން ފުރިހަމަ ނުކުރާ ނަމަ، އެ ކުންފުންޏަކަށް ދީފައިވާ ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ބާޠިލް ކުރެވޭނެއެވެ.

ހަމައެހެންމެ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ދެވޭ މަޢުލޫމާތުތަކުގެ ތެރޭގައި ދޮގު މަޢުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިފިކަން އެނގިއްޖެ ނަމަ، އެ ފަރާތަށް އެކަން އެންގުމާއެކު، ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލް ބާޠިލުކުރެވޭނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަހެޅި ކުންފުނީގެ ބޯޑުގައި ހިމެނޭ އެންމެހައި ފަރާތްތައް، ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުން، ތިން އަހަރުދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

މީގެއިތުރުން ޢުމްރާއަށް ގެންދާ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ދޭން އެއްބަސްވެފައިވާ އެއްވެސް ޚިދުމަތެއް ފުރިހަމަކޮށްދީފައި ނުވާ ނަމަ، ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުގައި މަކަރާއި ހީލަތުން އެއްވެސް ޢަމަލެއް ހިންގައިފި ނަމަ، އެ ކުންފުންޏާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް މެންބަރަކު ހިމެނޭ އެހެން ކުންފުންޏަކަށް، ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެ ކަމަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ އާ އުސޫޚުގައި ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: