ކުއްލި ޚަބަރު

އެމްޑީއެން "ކުދިންގެ" ނިޔަތް ރަނގަޅު ކަމަށް ވިދާޅުވުމަށްފަހު ޕްރެޝަރ ބޮޑުވެގެން ރައީސް ނަޝީދުގެ ރާގު ބަދަލު ވެއްޖެ!

އެމްޑީއެން ދިފާއު ކުރުމަށްފަހު 24 ގަޑިއިރުވެސް ނުވަނީސް ވިދާޅުވީ އެމްޑީއެންއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ދީނަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކަށް ސުވާލު އުފައްދާ މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކް އެމްޑީއެންއިން ނެރުނު ރިޕޯޓުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ރާގު ބަދަލު ވެއްޖެއެވެ.

ރައީސް ނަޝީދު ރާގު ބަދަލުކުރެއްވީ އާންމުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުގެ ޕްރެޝަރ ބޮޑުވުމުގެ ސަބަބުންނެވެ. 

ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވި ސަހީހު މުސްލިމްގެ ތަރުޖަމާގެ 10 ވަނަ ފޮތް ރަސްމީކޮށް ނެރެދެއްވައި ބުދަ ދުވަހުގެ ރޭ އިސްކަންދަރު ސްކޫލުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އެމްޑީއެންގެ ރިޕޯޓު ލިޔުނު "ކުދިން" ގެ ދިފައުގައި ވާހަކަ ދައްކަވާފައިވެއެވެ. ރިޕޯޓެއް ލިޔާއިރު ވަކި ހަމަތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެރޭ ވިދާޅުވީ އެ ހަމަތައް ނުހިފެއްޓުމަކީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން އިސްލާމް ދީނަށް ނަފްރަތު އުފެއްދުމަށް ނުވަތަ އެ ދީން ބަލިކަށި ކުރުމަށް އެދިގެން ގަސްތުގައި ކުރާ ކަމެއް ނޫންކަމަށެވެ.

ރިޕޯޓު ލިޔުނު "ކުދިން" ދީނަށް ފުރައްސާރަ ކުރި ބަސްތައް ބޭނުންކުރެވިފައިވަނީ އެ ރިޕޯޓު އިނގިރޭސި ބަހުން ލިޔެން އުޅެގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެ ރިޕޯޓަކީ އެއްވެސް ހާލެއްގައި ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ލިޔުނު ރިޕޯޓެއް ނޫންކަން ރިޕޯޓު ކިޔުމުން އެނގޭކަމަށެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން މީޑިއާތައް ހޫނުވެ، އާމުންގެ ނުރުހުން އަމާޒުވާން ފެށުމުން ރައީސް ނަޝީދު ވަނީ ރިޕޯޓު ފެންމަތިވީތާ އެތައް ދުވަހެއް ފަހުން އެ މީހުންނާއި މެދު ފިޔަވަޅު އަޅަންޖެހޭކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ރޭގައި މިހެން ވިދާޅުވުމަށްފަހު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްޑީއެން ވެސް ބަންދު ކުރަންޖެހޭ" ކަމަށެވެ. ނަމަވެސް، އެއާއި ވިއްދާ ރައީސް ނަޝީދު ވިދާޅުވީ "ހަނގުރާމައަށް މީހުން ފޮނުވާ މީހުންނާއި، މަރުތަކާއި ގުޅޭ މީހުންނާއި މެދު ވެސް ފިޔަވަޅު އަޅަންޖެހޭ" ކަމަށެވެ.

އެމްޑީއެންއިން "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން އިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން "ދީނީ އިލްމުވެރިއެއްގެ" އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެ މައްސަލައާއި ގުޅިގެން ހޯމަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޕޯޓުގެ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ ކަމަށެވެ. އަދި އެމްޑީއެން ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށާއި ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ.

އެމްޑީއެންއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދާ މައްސަލަ ކުށްވެރި ކުރާ ކަމަށެވެ. އަދި އެ މައްސަލަ ނުބަލާ އެމްޑީއެން ބަންދު ކުރަން އުޅުމަކީ "ފިނޑި" އަމަލެއްކަމަށް ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: