ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސަބަބުން ވަނީ ދެ ސަރުކާރެއް އުފެދިފަ!

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ޓްވީޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހާރިޖީ ސިޔާސަތާއި ބެހެމުން ދެ ސަރުކާރެއް އުފެދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެފަދައިން ވިދާޅުވީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތައް މަޖިލީހުން ޑްރާފްޓް ކުރަން ފަށާފައިވާ ކަން ރައީސް ނަޝީދު ހާމަކުރެއްވުމާއި ގުޅިގެންނެވެ.

އަންގާރަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުގައި ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

” ރައީސް އާއި މަޖިލީހުގެ ރައީސްއާ ދެމެދު އޮތް ކޯޅުމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ. ޚާއްޞަކޮށް، މަޖިލިސް ރައީސް ޚާރިޖީ ސިޔާސަތަށް ވަނުމުން 2 ސަރުކާރެއް އުފެދުނީ. މަޖިލިސް ރައީސްގެ ޢަމަލުތަކުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލި، ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ” ޑރ ޖަމީލް ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަ ތަކަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ، ނަޝީދު ބައެއް އަމަލުތައް ބަހައްޓަވާ ގޮތުން ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާގެ މަގާމަކީ ރަމްޒީ މަގާމަކަށް ވެދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ނަޝީދު އާއި ދެމެދުގައި އޮންނެވި ކޯޅުންތަކުގެ ސަަބަބުން ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ބައެއް އަމަލުތައް ހުންނަ ގޮތުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލިގެންދާ ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

https://twitter.com/MJameelAhmed/status/1182167024681701376

ރައީސް ނަޝީދު މަޖިލީހުން ބިލްތައް ޑްރާފަޓް ކުރުމަށް ނިންމެވުން އެކަމާއި ދެކޮޅަށް  ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލްތައް، ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް ޞާލިހް، މަޖިލީހަށް ސިޓީއެއް ފޮނުއްވާފައި ނުވާ ކަަމަށެވެ.

ހޫދު ވިދާޅުވީ، ރައީސް ޞާލިހް މަޖިލީހަށް ސިޓީއެއް ފޮނުއްވީ ބިލްތަކުގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން ކަމަށެވެ.

މަޖިލީހުން ބިލްތައް ޑްރާފްޓް ކުރަން ނިންމެވުމާއި ގުޅިގެން، ބައެއް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: