ކުއްލި ޚަބަރު

ފިލާ ތިބެގެން ޓެކްނޮލޮޖީގެ ނާޖާއިޒް ފައިދާ ނަގާމީހުން އެބައުޅޭ- ޑިފެންސް މިނިސްޓަރ

މިނިސްޓަރ ޟާރިޔާ ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެ.

އެކަމަނާ މިހެން ވިދާޅުވީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް" ގައި ތަޤްރީރު ކުރައްވަމުންނެވެ.

ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް"ގައި މިނިސްޓަރ މާރިޔާ ތަޤުރީރުކުރައްވަނީ. ފޮޓޯ: ދެފެންސް މިނިސްޓްރީ

މިނިސްޓަރ މާރިޔާގެ ތަޤްރީރުގައި އެކަމަނާވިދާޅުވީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިޔާއަކީ އޭގެ ޒާތުގައި ބޭނުންތެރި ވަސީލަތްތަކެއްކަން ހާމަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތަޢުލީމުގެ އެހީގައި، މިހާރަށްވުރެ ޢިލްމީ، ޤާބިލް، ޞިއްޙީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް"ގައި މިނިސްޓަރ މާރިޔާ ތަޤުރީރުކުރައްވަނީ. ފޮޓޯ: ދެފެންސް މިނިސްޓްރީ

މީގެ އިތުރުން، މިނިސްޓަރ ވަނީ، އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދަޢުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫ.އޭ.އީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ.

އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަކީ، ރައީސް ޞާލިޙުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާންވަނީ، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނުކުރުމުގައި ޔޫ.އޭ.އީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ  ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިޙޛާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: