ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތަކުން ސަރުކާރު ވައްޓާލަން އެބަ މަސައްކަތް ކުރޭ- އާދަމް ޝަރީފް

ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޣާވާތަކުން ސަރުޚާރު ވައްޓާލުމަށް ސަރުކާރު ކޯލިޝަނުން މަޝްވަރާކުރައްވަނިކޮށް އަޑު އެއްސެވި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން އިދިކޮޅު ކޯލިޝަނާއި މެދު ވަރަށް ބޮޑަށް ފަސްޖެހޭ ކަން އިއްޔެ ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގައި ދިޔަ ކަންކަމާއި ފުލުހުންގެ އަމަލުތަކުން އެނގިއްޖެ ކަަމަށެވެ.

ރައީސް ޔަމިންގެ ޝަރީއަތް އިއްޔެ ކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހަރަކާތްތެރިވި ސަޕޯޓަރުންނަށާއި މީޑިއާތަކަށް ފުލުހުން ވަނީ ހުރަސް އަޅާ އެ ސަރަޙައްދުން ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ. އަދި ޕީޕީއެމްގެ މެންބަރަކު އެ ސަރަޙައްދުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ސަރުކާރު ކޯލިޝަން ބައިބައި ވެފައިވާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުންނާއި ސައިކޮޓަރިން އިވޭ އަޑުތަކަށް ބަލާފައި ކޯލިޝަން ތެރެއިން ބަގާވަތެއް ހިންގާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ވާހަކަތަކެއް އިވިފައިވާ ކަމަށެވެ. އެއީ ސީރިއަސް މައްސަލައެއް ކަމަށާއި ޕްރޮގްރެސިވް ކޮންގްރެސްއިންވެސް އެކަމަށް ފާރަވެރިވެރިވަމުންދާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުޚާރު ކޯލިޝަންގެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުލަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދާކަމަށެވެ.

“ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަމެއް ނުކޮށްދިނުމާއި، އިދިކޮޅުން ކުރާ ކުދި ކުދި ކަންކަމާއި މާބޮޑަށް ތެޅިގަތީމައި އެބަ އިނގޭ ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަން” އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަޝީދު ސަރުކާރުވެސް އެގޮތް މިގޮތުން ހިފަހައްޓާލެވުނީ ތިން އަހަރު ކަމަށާއި އޭގެ ފަހުން އައި އެމްޑީޕީގެ މި ސަރުކާރު އެއަށްވިރެ އަވަހަށް ބަލިކަށިވަމުންދާތަން ފެންނަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: