ކުއްލި ޚަބަރު

އިލެކްޝަނުން ކުރަނީ ވައްކަން- ޝުޖާއު

ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ސައްހަ އެތަށް ފޯމެއް ބާތިލް ކުރަމުންދާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާތަނަށް ޕާޓީގެ މެންބަރުންނަށް ވުމަށް ކިތަށް ފޯމު އެއްކުރެވިފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ސީދާ އަދަދު ދަންނަވަން ނޭގޭ ކަމަށާއި ނަމަވެސް މިވަގުތު އިލެކްޝަން ކޮމިޝަންނަށް ހުށަނާޅާ ޕީޕީއެމްގެ 6800 ފޯމު އެބަހުރި ކަމަށެވެ. ނަމަވެސް އެ ހުށަހެޅިއަސް ބަލައިގަންނާނެ ކަމަ މެދު ޔަޤީން ކަމެއް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އިލެކްޝަން ކޮމިޝަނުން ވައްކަން ކުޜާކަމުގެ ތުހުމަތު އަޅުގަނޑުމެންނަށް ކުރެވޭ ޙާލަތުގައި 15000 ފޯމު ވެއްދިއްޔާ އޭގެން 3000 ފޯމުވެސް ސަލާމަތްވާނެ ކަމުގެ ޔަޤީން ކަމެއް ނެތް. އެހެންވީމާ ކީއްކުރަންތޯ ފުރާ ހުރިހާ ފޯމުތަކެއް އެކުއެކީގައި ގޮސްވައްދަންވީ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް އިތުބާރެއް ނެތް ކަަމަށެވެ. އަދި ވިދާޅުވީ ޕާޓީގައި ތިބި މެންބަރުންގެ އަދަދު އެބޭފުޅުން ހިސާބު ޖަހާ އަދަދާއި ދިމާ ނުވާކަމަށެވެ.

"ޕާޓީ މެންބަރުން އެބަ މަދުވޭ. އޭގެ އެންމެ ބޮޑު ހެއްކަކީ އިލެކްޝަނުން ޕާޓީތަކުގެ މެންބަރުން ބެލެހެއްޓުމުގގެ ދަފްތަރު ދޫކޮށްލަން. އޭގެ ސަލާމާތްވާން ވެގެން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިސްނަގައިގެން ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން ދަފްތަރު ނުބަލަހައްޓަން އެބައުޅޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ރަނގަޅީވެސް އެގޮތް. ދެޕާތީގެ ދަފްތަރުވެސް އަޅުގަނޑުމެން އެބަ ބަލަހައްޓަން އަމިއްލައަށް" ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްއަށް ސޮއިކޮށްފައިވާ 6000 ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާއި ކައިރިކޮށްފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ފޯމުތަށް މިހާރު ވެއްދިޔަސް ފަހުން ވެއްދިޔަސް ވާނެ ގޮތް އިނގޭ. ކުރާނީ ވައްކަން. އޭގެން 300 ފޯމުވެސް ސަލާމަތް ނުވާނެ"

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: