ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް، ސަމާލުވޭ!

އެމް.ޑަބްލިޔު.އެސް.ސީ އިމާރާތް: ފޮޓޯ އެމް.ޑަބްލިޔު.އެސް.ސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް.ޑަބްލިޔު.އެސް.ސީގެ ނަމުގައި މީސްމީޑިއާގައި ފޭކް ޓްވިޓަރ އެކައުންޓެއް ހަދައިގެން  ކުންފުނީގެ ނަމުގައި ޓްވިޓަރ ބޭނުންކުރާ ބައެއް ފަރާތްތަކާއި މުއާމަލާތު ކުރަމުން ގެންދާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސް ކުރައްވައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ރަސްމީ ޓްވިޓަރ ހެންޑަލް އާ އެއްގޮތް ފޭކް އައި.ޑީ އެއް ހަދައިގެން ބައެއް ފަރާތްތަކާއި މުއާމަލާތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެ ފޭކް ޓްވިޓަރ އެކައުންޓުން އެމް.ޑަބްލިޔު.އެސް.ސީގެ ނަމަށާއި އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓްތަކަށް ޖަވާބު ދެމުން ދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ބޭއަދަބީކޮށް އެއްވެސް ފަރާތަކާއި މުއާމަލާތް ނުކުރާނެ ކަމަށާއި އެ ފޭކް އައިޑީ އަށް ސަމާލުވުމަށް ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ ވުޒާރާތައް އަދި ބޮޑެތި ކުންފުނިތަކުގެ ނަމުގައި މީސްމީޑިއާގައި ފޭކް އެކައުންޓްތައް ހުޅުވައިގެން މުއާމާލާތް ކުރުމުގެ މައްސަލަތައް ވަނީ މީގެ ކުރިންވެސް ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: