ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުގެ ގޮތުގައި ދިން ފައިސާ އެމްއެމްޕީއަރުސީގެ ހިޔާނާތަށް ވުރެން ބޮޑު: އަދުރޭ

ޕީއެންސީ އަދި ޕީޕީއެމް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ މަސްލަހަތު އޮތް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު އެމްއެމްޕީއާރްސީގެ ހިޔާނާތަށްވުރެ ބޮޑުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލަސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ އެފަދައިން ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ގައުމުގެ މާލިއްޔާއިން ވައްކަން ކޮށް ކައި ހުސްކޮށްފި ކަމަށާއި އަދި ރައްޔިތުންގެ މިނިވަން ކަން ގެއްލޭ ހިސާބަށް ގައުމުގެ ކަންކަން ގޮސްފި ކަމަށްވެސް އޭނާ ވިދާޅުވީއެވެ.

އަދުރޭ އެފަދައިން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ “އަންނަނީ އަންނަނީ” ނަމުގައި ކުރިއަށް ގެންދާ ރެލީ އަށް ވިހާވެސް ގިނަ ރައްޔިތުން ވަޑައިގަތުމަށް އަދުރޭ ގޮވާލެއްވިއެވެ.

އަދުރޭ ވިދާޅުވީ، މި ދަނޑިވަޅަކީ ބިރުގަނެ ޖެހިލުންވަންވީ ވަގުތެއް ނޫން ކަމަށާއި މި ވަގުތު ހިތްވަރާއެކީ ކުރިއަށްދާންވީ ކަމަށެވެ.

“ރެލީ ނުބާއްވާނެ ކަމަށް ހީކޮށް ހުއްދަ ނުދީ ތިއްބަވާނެ ކަމެއް ނެތް އެއްގޮތަކަށް ވެސް. އަޅުގަނޑުމެންގެ ރެލީ ހަމަ ކަނޑައެޅިގެން ތާރީހުގައި އޮންނާނެ,” އަދުރޭ ވިދާޅުވިއެވެ.

ގައުމުގެ ކަންކަން ވަނި ބޮއްސުން ލައިގެން ގޮސް ކަމަށާއި، މާތްވެގެންވާ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫ ޖަހަނީ ކަމަށެވެ.

އެކަން ހުއްޓުވާނަމޭ ބުނި ނަމަވެސް ސަރުކާރުން ދަނީ އެމީހުންގެ ކޮޅަށް ކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ސަރުކާރުން “އަންނަނީ އަންނަނީ” ރިލޭ ބޭއްވުމަށް އަދި ހުއްދައެއް ނުދޭ ކަމަށެވެ. އަދުރޭ ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ހުއްދަ ނުދިން ނަަމަވެސް އެއްވުން ބޭއްވޭ ތަންތަން ހުންނަ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނެ ވަގުތަކާއި ތަނެއް ސަޕޯޓަރުންނަށް އަންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވަނީ ބުދަ ދުވަހު ރައީސް ޔާމީން އަށް ތާއީދުކުރައްވާ ފަރާތްތަކުން ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެމަނިކުފާނުގެ އިސްތިގްބާލުގައި ސުލްހަވެރިކޮށް ތިއްބާ ފުލުހުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: