ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެމްޑީއެންގެ ރިޕޯޓް ލިޔުނު “ކުދިން” ދިފާއު ކުރައްވައިފި!

މަޖިލިސް ރައީސް، ރައީސް މުަހައްމަދު ނަޝީދު ޝެއިޚް ހުސެއިން ރަޝީދުގެ ސަހީހް މުސްލިމް ތަރުޖަމާގެ 10 ވަނަ ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިިވިއަން ޑިމޮކްރަޓިކް ނެޓުވޯކް (އެމްޑީއެން) ނެރުނު ހައްދުފަހަނައަޅާފައި ލާާދީނީ ރިޕޯޓު ލިޔުނު ކުދިންގެ ދިފާއުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވި ސަހީހު މުސްލިމްގެ ތަރުޖަމާގެ 10 ވަނަ ފޮތް ރަސްމީކޮށް ނެރެދެއްވައި މިރޭ އިސްކަންދަރު ސްކޫލުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ޝެއިޚް ހުސެއިން ރަޝީދާއި މަޝްވަރާ ކުރެއްވިކަމަށެވެ.

“މިކަމާއި ގުޅޭގޮތުން ދެން އަޅުގަނޑުމެން ކަހަލަ ތަނެއް ދޮރެއް ނުދަންނަ މީހުން އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ އަޅުގަނޑު ލަފާ ހޯދައި ހެދިން. އަޅުގަނޑު އެ މައްސަލަތަކާއި ގުޅިގެން އެ ރިޕޯޓުވެސް ކިން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޕޯޓެއް ލިޔާއިރު ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ޝެއިޚް ހުސެއިން ރަޝީދުގެ ސަހީހް މުސްލިމް ތަރުޖަމާ ފޮތުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްޑީއެންގެ “ކުދިން” އެ ރިޕޯޓް ލިޔަން ފެށުމުގެ ކުރިން ﷲ ސުބުހާނަހޫ ވަތައާލާއި މާތް ނަބިއްޔާ ސއވ އަށް ނިސްބަތްކޮށް ލިޔާނެ ގޮތް ޝެއިޚް ހުސެއިން ރަޝީދުގެ ސަހީހް މުސްލިމް ތަރުޖަމާ ފޮތުން ބަލަންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާނީ އެމްޑީއެންގެ ކުދިން އެ ރިޕޯޓު ލިޔަން ފެށުމުގެ ކުރީގައި ޝެއިޚް ހުސެއިންގެ ފުރަތަމަ މި ތަރުޖަމާގެ ފެށުމުގަ އޮތް އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް، ހައެއް.. އެހެން ލިޔުއްވާފައި އެބަހުރި ބައެއް ބަސްތައް ގެންނަންވީ ގޮތްތައް. ކީރިތި ރަސޫލާ ސއވ އަަށް ނިސްބަތްކޮށް ލިޔާނެގޮތް. މަލާއިކަތުންނަށް ނިސްބަތްކޮށް ލިޔާނެގޮތް. ދަންނަ ބޭކަލުންނަށް ނިސްބަތްކޮށް ލިޔާނެގޮތް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޚާއްސަކޮށް ރިޕޯޓެއް ލިޔާއިރު ޝެއިޚް ހުސެއިން ރަޝީދު ވިދާޅުވާ ހަމަތައް އެންމެންވެސް ހިފަހައްޓަވަން ޖެހޭނެކަމަށެވެ. އެ ހަަމަތައް ނުހިފެހެއްޓޭ ސަބަބުތައްވެސް އޮވެދާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހަމަތައް ނުހިފެއްޓުމަކީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން އިސްލާމް ދީނަށް ނަފްރަތު އުފެއްދުމަށް ނުވަތަ އެ ދީން ބަލިކަށި ކުރުމަށް އެދިގެން ގަސްތުގައި ކުރާ ކަމެއް ނޫންކަމަށެވެ.

“އަޅުގަނޑުމެންގެ ކުދިންނެއްވެސް އަދި އަޅުގަނޑަށް “އެނގޭ” ގޮތުގައި އެ ރިޕޯޓު ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އަޅުގަނޑަކަށެއް، އެ ރިޕޯޓު ކިޔައިގެންނެއް އަޅުގަނޑަކަށް ނުފެނު. އިނގިރޭސި ބަހުން އެއްޗެއް ލިޔާންވެގެން އުޅެނިކޮށް “ވެފައި ހުރިގޮތެއް” އެއީ ވާގޮތެއް، އާ.. ބައެއް ޔުނިވަރސިޓީ ތަކުގައި ގިނަދުވަހު ކިޔަވާފައި އަދި އެ. އެއަށްފަހު މިދަންނަވާހެން އެއާއި ގުޅިގެން ރާއްޖޭގެ މާހައުލާއި ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާއި އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް ދީން.. އިސްލާމް ދީނާއި ގުޅޭގޮތުން ނެރޭ ފޮތްތަކާއި މިބާވަތުގެ ކަންކަމަށް އަހުލުވެރިނުވެ މިއީ، މިބާވަތުގެ މައްސަލައަކާއި ގުޅޭޭގޮތުން ލިޔަން އުޅުނީމާ އެފަދަ ނަތީޖާއެއް ނިކުތުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެކަށީގެންވާކަމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

https://www.facebook.com/icade11/videos/1991237617646679/

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުނުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުނު އިރުވެސް އެ ރިޕޯޓް އޮތީ ކުށްވެރި ކުރެވިފައިކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ދެކެވޭ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގެ 47 މެމްބަރުން ތިން ގަޑިއިރުވަންދެން ދެއްކެވި ވާހަކަތައް އަޑު އެއްސެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާ ކަންތައްތައްތަކެއް އެ ރިޕޯޓުގައި ހުރިކަން ފާހަގަކުރެއްވިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މާތްﷲގެ އިސްމުފުޅުތަކާއި ކީރިތި ރަސޫލާ ސއވ އާއި ނުވަތަ ދީނީ ވާހަކަތައް ގެނައުމުގައި ބޭނުން ކުރެވުނު ބައެއް ބަސްތައް ކަމުނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެއްވި 47 މެމްބަރުންވެސް އެ ރިޕޯޓުގައި ހުރި ބަހުރުވަ ކުށްވެރި ކުރައްވާ ކަމަށެވެ. މާތްﷲ އާއި ރަސޫލާ ސއވ އަށް ކުޑައިމީސްކޮށް ނުވަތަ ގަދަރާއި އިއްޒަތް ގެއްލޭގޮތަށް ލިޔުމުން އެކަން އެ މެމްބަރުން ކުށްވެރިކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކޮށްގެން ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. Nasheedhakee varah gotheh neh meeheh eyna heekuranee eyna nooniyyaa mi raajeygai thibee hus kandu kohun kamah faharehgai vedhaane e hen eyna kahala meehun ginavamun annaathee mi hen vaan mi jehenee

  2. މީނަގެ ކަންތައް ވަރަށް ބޮޑު ވެއްޖެ. މީނަޔާ ހެދި އިބޫއަށް ހަމަނޭވާ ލެވުނަކަ ނުދޭ

  3. އަދިވެސް މިކަހަލަ މީހުން ރައްޔިތުން ހޮވާ! ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ

  4. މީނަ ރަނގަޅު ވާނީ އިސްތިއުފާ ދީފަ ޢާނބުރާ އިނގެރޭސި ވިލާތައް ދިޔައީވިއްޔާ. ނޫނީ ސަލާމަތެއް ދެންނެތް

  5. ތަނެއްދޮރެއް އުޑެއް ބުޑެއް ނުދަންނަމީހުން ރައްޔަތުންގެ ޤާނޫނު ހަދާމަޖްލީސްގެ ރައީސްކަމަށް އައްޔަންކޮއްފަ ތަނެއްދޮރެއް ރައްބިއެއް ރަސޫލެއް ނޭގޭމީހަކު ރާއްޖޭ ވަލިއްޔުލް އަމުރަކަށް ހުރީމާ ވާނެހަތަރެތި މިވަނީ.

Leave a Reply to ލުލު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: