ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދުގެ ރައްދު ތޯރިގަށް: ފަސް އަހަރުން ކުރެވުނީ ކޮންކަމެއް؟

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް - (ފޮޓޯ - މަޖިލީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނީ ކޮންކަމެއްތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ގަރާރަށް ތާއިދު ކުރައްވާ މެމްބަރު ޒިޔާދު ދެއްކެވި ވާހަކަތަކެއްގެ ސަބަބުން މެމްބަރު ތޯރިގު ނިޒާމީ މައްސަލަތަކެއް ނެންގެވިއެވެ.

ތޯރީގް ދެއްކެވި ވާހަކަތަކާއި މެދު ހިތްހަމަ ޖެހިވަޑައިނުގެން ިޒިޔާޒު ވިދާޅުވީ މަހިބަދޫގައި 600 މީހުން ސޮއިކޮއްފައި ގެދޮރު ނެތިގެން މަޖިލީހަށް ޕެޓިޝަންއެއް ލާފާ ވާކަމަށެވެ. މެންބަރު ޒިޔާދު މި ވާހަކަ ދައްކެވުމުން ތޯރިގު ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި އޭނާއަކީ ވައިކަރަދޫ ރައްޔިތެއް ނޫންކަމަށާއި ވައިކަރަދޫ ރައްޔިތެކޭ ވިދާޅުވެ މަޖިލީހުގައި އަަޑުގަދަކުރައްވަމުން އުޅުއްވާއިރު ޒިޔާދަކި މާލޭ ދަފްތަރުގައި ނަން ޖައްސަވައިގެން އުޅުއްވާ މެމްބަރެއް ކަން ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ ލަފާދެއްވީ މަޖިލީހުގެ ގަވާއިދުގެ ކޮންމާއްދާއެއްގައި ވާގޮތުގެ މަތިންތޯ ތޯރިގު ކައިރީގައި އައްސަވާފައެވެ. އެހާ ހިސާބުން މަޖިލިސް އިތުރަށް ހޫނުވިއެވެ. ރިޔާސަތަށް ރައްދުދެއްވާ މެންބަރު ތޯރިގް ވަނީ މަޖިލީސް ގަވާއިދުގެ 58 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ވިދާޅުވެދެއްވާފައެވެ.

މީގެއިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މަހިބަދޫގައި ރައްޔިތުން ދިރިއުޅޭނެތަން ނެތުމަކީ ދައްކަންޖެހޭ ވާހަކައެއް ކަމައް ބުނުމުން މެންބަރު ތޯރިގް ވަނީ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އަދި މެންބަރު ޒިޔާދު ވަނީ ކުރީގެ ސަރުކާރުގައި ކަންހިގާފައިވާގޮތް ވަރަށް ސާފު ކަމަށާއި ފަސްއަހަރު ވީއިރުވެސް ކަމެއް ނުކުރެވުނުކަން ފާހަގަކުރައްވައި މެންބަރު ތޯރިގަށް ގޮން ޖައްސަވާފައެވެ. ފާއިތުވެދިޔަ ފަސް އަހަރުވެސް މަހިބަދޫގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނަވާފައިވަނީ ތޯރިގްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to މީހެއް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: