ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނީ ކޮންކަމެއްތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ގަރާރަށް ތާއިދު ކުރައްވާ މެމްބަރު ޒިޔާދު ދެއްކެވި ވާހަކަތަކެއްގެ ސަބަބުން މެމްބަރު ތޯރިގު ނިޒާމީ މައްސަލަތަކެއް ނެންގެވިއެވެ.
ތޯރީގް ދެއްކެވި ވާހަކަތަކާއި މެދު ހިތްހަމަ ޖެހިވަޑައިނުގެން ިޒިޔާޒު ވިދާޅުވީ މަހިބަދޫގައި 600 މީހުން ސޮއިކޮއްފައި ގެދޮރު ނެތިގެން މަޖިލީހަށް ޕެޓިޝަންއެއް ލާފާ ވާކަމަށެވެ. މެންބަރު ޒިޔާދު މި ވާހަކަ ދައްކެވުމުން ތޯރިގު ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި އޭނާއަކީ ވައިކަރަދޫ ރައްޔިތެއް ނޫންކަމަށާއި ވައިކަރަދޫ ރައްޔިތެކޭ ވިދާޅުވެ މަޖިލީހުގައި އަަޑުގަދަކުރައްވަމުން އުޅުއްވާއިރު ޒިޔާދަކި މާލޭ ދަފްތަރުގައި ނަން ޖައްސަވައިގެން އުޅުއްވާ މެމްބަރެއް ކަން ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ ލަފާދެއްވީ މަޖިލީހުގެ ގަވާއިދުގެ ކޮންމާއްދާއެއްގައި ވާގޮތުގެ މަތިންތޯ ތޯރިގު ކައިރީގައި އައްސަވާފައެވެ. އެހާ ހިސާބުން މަޖިލިސް އިތުރަށް ހޫނުވިއެވެ. ރިޔާސަތަށް ރައްދުދެއްވާ މެންބަރު ތޯރިގް ވަނީ މަޖިލީސް ގަވާއިދުގެ 58 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ވިދާޅުވެދެއްވާފައެވެ.
މީގެއިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މަހިބަދޫގައި ރައްޔިތުން ދިރިއުޅޭނެތަން ނެތުމަކީ ދައްކަންޖެހޭ ވާހަކައެއް ކަމައް ބުނުމުން މެންބަރު ތޯރިގް ވަނީ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އަދި މެންބަރު ޒިޔާދު ވަނީ ކުރީގެ ސަރުކާރުގައި ކަންހިގާފައިވާގޮތް ވަރަށް ސާފު ކަމަށާއި ފަސްއަހަރު ވީއިރުވެސް ކަމެއް ނުކުރެވުނުކަން ފާހަގަކުރައްވައި މެންބަރު ތޯރިގަށް ގޮން ޖައްސަވާފައެވެ. ފާއިތުވެދިޔަ ފަސް އަހަރުވެސް މަހިބަދޫގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނަވާފައިވަނީ ތޯރިގްއެވެ.
One Response
ޢަނގަފުޅަާ ކުރވޭތީ ދޯ ތި ކިޔާ އެއްޗެއް ތި ކިޔަނީ