ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް ކުރުން، އަންނަ ނޮވެމްބަރު މަހުގެ 5 ގައި

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ އަޑުއެހުންތައް ނިންމާ، ހުކުމް ކުރުން އަންނަ ނޮވެމްބަރު 5 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ. 

އެކަން އިއުލާން ކުރެއްވީ މިއަދު ހުލާސާ ބަޔާން އިއްވަން ކުރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން، ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ށގެ ދަށުންނެވެ. 

ޚުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައި، 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވް ބްރޯޑްކާސްޓްކުރާ އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ހގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކަށެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.

އެސްއޯއެފްއިން ޖަމާކުރި ފައިސާ ފޮރުވައި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ނުކުރައްވާކަން ތަކުރާރުކޮށް ރައީސް ޔާމީންވެސް ވަނީ ފާހަގަުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ އެ އެކައުންޓްގައި ބަހައްޓަން ނިންމެވީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. އަދި އެކަމަކީ އޭސީސީއިން ކުރި ކަމެއް ނޫން ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާއެއް ހޯދަން އޭސީސީއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލް ވިދާޅުވި ގޮތުގައި މި ދައުވާއަކީ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެކެވެ. މުޅި ހާދިސާގައި ވެސް ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވެސް ސާބިތުވާ ކަމަށް ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.

މަމީ ލޯންޑްރިން ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: