ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މާލިއްޔަތު އަމިއްލަ ޖީބަށް މަންފާވާ ގޮތަށް ބަހާ ހުސް ކޮށްފި: އަދުރޭ

މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އަދި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ): ފޮޓޯ ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ސަރުކާރުން ބައެެއް މީހުންގެ އަނގަ މަތީ މަލަން އަޅާފައި ވެރިކަމަށް 1 އަހަރު ނުވަނީސް ދައުލަތުގެ މާލިއްޔަތު އަމިއްލަ ޖީބަށް މަންފާވާ ގޮތަށް ބަހާ ހުސް ކޮއްފި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ދައުލަތުގެ މާލިއްޔަތު އަމިއްލަ ޖީބަށް މަންފާވާ ގޮތަށް ބަހާ ހުސް ކޮއްފި ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ހާމަކޮށް ދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

https://twitter.com/Banafsaa/status/1181820930168803328

ބެލެވޭ ގޮތުގައި އަދުރޭ މިގޮތަށް ވިދާޅުވެފައިވަނީ ބަދަލުގެ ގޮތުގައި 55 މިލިޔަން ޑޮލަރު ދިނުމަށް ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންސްއިން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވުމުންނެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ކޮންޓްރެކްޓުތައްް ހިންގާފައި ހުރިލެށް ދޯދިޔާކަމުން އާބިޓްރޭޝަންގެ އެތައް މައްސަލަތަކެއް އާ ސަރުކާރުން ހަވާލުވީ އިރުވެސް ބޭރުގެ އެތައް ގައުމެއްގައި ކުރިޔައްދާކަމަށެވެ.

މީގެ ތެރޭގައި ނޫމަޑިން ނެދަލޭންޑްސްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައި މައްސަލާއިގެ ދެބަސްވުން ހައްލު ކޮއްފައި ވަނީ ބަދަލުގެ ގޮތުގައި 55 މިލިޔަން ޑޮލަރު ދިނުމަށް އެެއްބަސް ވެގެންނެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އުވާލި އެމްއާރްޑީސީއިން ކޮންޓްރެކްޓަރުން ލައްވާ މަސައްކަތް ކުރުވާފައި މަސައްކަތްތަކަށް ފައިސާ ދައްކާފައިނުވާތީ 26.1 މިލިއަން ރުފިޔާ ދައްކާފައި ވާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: