ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް ހިނގި އެކްސިޑެންޓުގައި 2 މީހަކަށް ސީރިއަސް އަނިޔާތަކެއް!

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓު: ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓުވެ ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ލިބުނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.

މީގެއިތުރުން ޕިކަޕްގެ ކުރީ ސީޓްގައި ތިބި ދެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަހަތުގައި ތިބި ތިން މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ ފަސް މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އައްޑޫ ލިންކް ރޯޑަކީ އެކި ވަރުގެ އެކްސިޑެންޓުތައް އާންމުކޮށް ހިނގާ މަގެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: