ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތެރެއިން ފެންނަނީ ބަރުލަމާނީ ނިޒާމެއް ހިންގާތަން: އާދަމް ޝަރީފް އުމަރު

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަން ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދަނީ ބަރުލަމާނީ ނިޒާމެއްގައި މަސައްކަތް ކުރާ ގޮތަށް މަސައްކަތްތައް ބައްޓަން ކުރަމުންދާ މަންޒަރު ކަމަށް ޕީޕީލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑިރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މީގެކުރިން ސަރުކާރުން ކުރަމުންދިޔަ ގިނަ މަސައްކަތްތަކެއް މިހާރު މަޖިލީހުގެ ތެެރޭގައި ކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަަމަށެވެ.

ރާއްޖޭގައި އަދި މިހާތަނަށް އޮތީ ރިޔާސީ ނިޒާމެއް ކަން ފާހަގަކުރައްވައި އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގައުމުގެ މިސްރާބު ނުބައި މަގަކަށް ދާތީ ރައްޔިތުންވެސް އަދި އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ރާއްޖޭގައިވާ މާތްވެގެންވާ އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކުރާ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިކަން ފާހަގަކުރައްވައި އޭނާ ވަނީ، އެމީހުން މަގާމުން ވަކިކޮށް އިސްލާމްދީން ހިމާޔަތްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އިލްތިމާސް ކުރައްވާފައެވެ.

އެމްޑީއެން އިން ދީނަށް ފުރައްސާރަ ކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަންގަވަނީ މައިގަނޑު ދެ ސަބަބަކާއި ހުރެ ކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އެއް ސަބަބަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުން ކަމަށާއި އަނެއް ސަބަބަކީ އެކަހަލަ ރިޕޯޓްތަކުގެ ސަބަބުން ގައުމުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދުން ދުރު ކުރުން ކަމަށްވެސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ސަރުކާރަށް، އަދި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: