ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމް ރައީސް ކަމުން ޝަހީބު އިސްތިއުފާ ދެއްވައިފި: ވިދާޅުވީ މީޑިއާތަކަށް ދިން ގެއްލުންތަކުގައި ބައިވެރި ނުވާކަމަށް!

ބްރޯޑްކޮމްގެ ރައީސްކަމުން ޝާހީބު އިސްތިއުފާ ދެއްވައިފި، އިސްތިއުފާގެ ސިޓީ އޭނާ ދިފާއުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަންއިން އަބުރުގެ ގާނޫނުގެ ދަށުން ރާއްޖޭގެ މީޑިއާތައް ޖޫރިމަނާ ކުރަމުންދިޔައިރު ކޮމިޝަންގެ ރައީސްކަމުގައި ހުރި މުހައްމަދު ޝަހީބު އެ މަގާމުން އިސްތިއުފާ ދެއްވައި މީޑިއާތައް ޖުރުމަނާ ކުރުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ވިދާޅުވެ ތުހުމަތުތައް ދިފާއުކުރައްވައިފިއެވެ.

ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުން ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި ވަނީ ތަޅުމަށް ފޮނުވާފަ އެވެ.

ކޮމިޝަންގެ ރައީސް ޝަހީބު އިސްތިއުފާ ދެއްވާ ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮތުގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މިހާތަނަށްވެސް މަސައްކަތް ކުރަމުން އައީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެއާ ގުޅިގެން ހަދައިފައިވާ ގާނޫނުތަކާއި، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތަށް، ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކުގައި، ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، މީޑިއާގެ މިނިވަންކަމަށް ތަރުހީބު ދެއްވައިގެން ކަމަށެވެ.

ބްރޯޑްކޮމް އާއި ޝަހީބާއި ގުޅުވާ އެތައް ތުހުމަތުތަކެއް ކުރެވޭއިރު ޝަހީބް އޭނާގެ ދިފާއުގައި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެ ހުރިހާ ނިންމުމަކަށް އޭނާއަށް ތާއީދު ނުކުރެއްވުނަސް ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާއަށް ގާނޫނު ލާޒިމްކުރަނީ އަގުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށް ކަމަށާއި، އެނޫން ގޮތަކަށް ކަންތައް ކުރުމަށް ގާނޫނާއި ގަވައިދު ތަނެއް ނުދޭ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ފޮޓޯ – މިހާރު : ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ވުޖޫދަށް ގެނައުމާއި ގުޅިގެން އެއާއި ދެކޮޅަށް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވެސް މީޑިއާތަކުންނެވެ. އެ ގާނޫނުގެ ސަބަބުން މީީޑިއާތަކައް ޖޫރިމަނާ ކުރުމާއި ހިނގައިދިޔަ ކަންތައް ދިފާއުކުރައްވަމުން ޝަހީބު ވިދާޅުވެފައިވަނީ އެ ގާނޫނާ ހިލާފުވި ބައެއް ސްޓޭޝަންތައް ޖޫރިމަނާކުރަން ފެށުމާ ގުޅިގެން މީޑިއާ އާއި އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑިކިއުންތަކާއި ނަފުރަތު އޭނާއަށް އަމާޒުވެގެން ދިޔަކަމަށެވެ. އަދި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކޮމިޝަންގެ ބައެއް މެމްބަރުން އިސް ނަގައިގެން މައްސަލަތައް ބަލަމުންދިޔައިރު، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޭނާއަށްވެސް އޮތް ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލަތައް އޭނާ ހުށަހަޅަމުންދިޔަ ނަމަ، ސިޔާސީ ގޮތުން ކޮންމެވެސް ބައެއްގެ ރުހުމާއި ތާއީދު ލިބުނީސް ކަމަށާއި ނަމަވެސް، އަބަދު ވެސް މަސައްކަތްކުރަމުން އައީ އިންސާފާއި ހަމަހަމަކަމާ އެކު ގާނޫނާއި ގަވައިދުގެ ތަރަހައިގެ ތެރެއިން ކަމަށް ޝަހީބު ވަނީ ފާހަގަކުރައްވާފައެވެ. ޓީވީ ސްޓޭޝަންތައް ޖުރުމަނާ ކުރުމާއި، ވަކި ކޮޅަކަށް ބުރަވެ މައްސަލަ ބެލުންފަދަ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ޝަހީބުގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

.

 

މިދިޔައަހަރު ސަންގުޓީވީ 100000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވޭ

މި ދިޔަ ޖުލައި މަހު ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރި އިރު ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ކޮން ކަމެއްކަމެއް އެނގިފައިނުވާ ކަމަށް ބުނެ ޝަހީބް ވަނީ، އެ ދުވަހުގެ ސަބް ކޮމިޓީގައި މެމްބަރުން ދެއްކެވި އެއްވެސް ވާހަކައެއްގައި، ކޮމިޝަންގެ ގާނޫނާއި ގަވައިދާ ހިލާފަށް ނުވަތަ، ހަމަހަމަކަމާއި އިންސާފުން ބޭރުން އޭނާ ކޮށްފައިވާ އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކުރައްވައި ސުވާލު ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލްވެފައިވާ ކަމަށް އެއްވެސް ތުހުމަތެއްވެސް ކޮށްފައިނުވާ ކަމަށް ބުނެ ޝަހީބް ވަނީ ސަބް ކޮމީޓީގެ ރިޕޯޓަށް ރިއާޔަތްކޮށް ކޮމިޝަންގެ މެމްބަރުކަމުން އޭނާ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 24 ޖުލައި 2019 ގައި ނިންމި ނިންމެވުމަކީ އިންސާފުގެމަގުން އެއްކިބާވެ ނިންމާފައިފައިވާ ގާނޫނު އަސާސީއާ ހިލާފު އަދި ނާއިންސާފު ނިންމެވުމެއް ކަމުގައި ގަބޫލު ކުރަށްވާކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ސިޓީގައި ބުނެފައިވަނީ މިނިވަން މުއައްސަސާއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ކޮމިޝަންގައި އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްފައިވަނީ ސަރުކާރު ބަދަލުވުމުން ނުވަތަ މަޖިލީހުގެ އަގުލަބިއްޔަތު ވަކި ޕާޓީ އަކަށް ލިބުމުން، ޒާތީ އަދި ސިޔާސީ ޝިކާރައަކަށް ވެދާނެ ކަމަށް ފަހަރެއްގައި ވެސް ހީކޮށްގެނެއް ނޫން ކަމަށާއި، އަދި އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް އުފުލާ އަޑުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ވަޒީފާގެ ބިރާ ކުރިމަތިލާންޖެހޭ މީހަކަށް ވެދާނެ ކަމަށް ވެސް ޝަހީބު އުންމީދު ނުކުރައްވާކަމަށެވެ.

މިދިޔައަހަރު ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރި

ޝަހީބު މަގާމުން އިސްތިއުފާ ދެއްވިއިރު މިިދިޔަ ފަސް އަހަރުގެ ތެރޭގައި ބްރޯޑްކޮމް އިން އިންސާފުން ބޭރުން ބައެއް ކަންކަން ނިންމާފައިވާ ކަމަށް ޝަހީބު އެއްބަސްވެވަޑައިގެންފައި ވެއެވެ. ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެކަން ކުރީ އެކޮމިޝަންގެ މެމްބަރުން ހުށަހަޅައިގެން ކަމަށް ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގުޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.  ރާއްޖެ ޓީވީ ބަންދު ކުރުމަށް އެ ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރިކަންވެސް ވަނީ ހާމަވެފަ އެވެ.

މިދިޔަ ޖޫން މަހު އޮތް ބައްދަލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ވަޑައިގެން ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ބްރޯޑްކޮމް މެމްބަރުން ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ކުރީގެ ސަރުކާރަށް ނިސްބަތްވާ އޭރުގެ މަޖިލިސް މެމްބަރުން މަސައްކަތްކުރެއްވި އެވެ.

ޝަހީބާއި ޒައިނާ ވަކިިކުރަން ކޮމިޓީން ނިންމާފައިވާ އިރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: