ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ފެންނަނީ ދައުލަތުގެ ފައިސާއިން ވައްކަންކުރާތަން: މެމްބަރު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުންދަނީ ބައްދަލުދޭން ކަމަށް ބުނެ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ، އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަމީރު ހާޒިރުކުރެއްވުމުން، މަޒާޖީ ރާގަކަށް ނަމަވެސް ސަރުކާރުން ކިހާ ފައިސާއެއް ވަގަން ނަގައިފިންތޯ އެއްސެވީ ހަގީގަތުގައި ވަރަށް ސީރިއަސްކޮށް ކަމަށެވެ. 

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މި ސަރުކާރުން ވައްކަން ކުރަނީ ކުންފުނިތަކަށް ބަދަލުދިނުމުގެ ނަމުގައި ކަމަށް ވިދާޅުވެެ ޓްވީޓް ކުރެއްވިކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑަގައިގެންނެވި ފަހުން ބަދަލުގެ ގޮތުގައި ވަރަށް ގިނަ އަަދަދެއްގެ ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އަންދާޒާ ކުރެވިފައިވާ ގޮތުގައި މިއަދާއި ހަމައަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުނފުނިތަކަށް ބަދަލު ދިނީ ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު ސަރުކާރަށް ގެއްލުން ނުވާނެ ގޮތަކަަށް ބަލައިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ދީނާއި ހިލާފް ރިޕޯޓާއި ގުޅިގެން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ އެ ރިޕޯޓް މައްސަލައިގަ ވަރަށް ޒިންމާދާރުކަން ކުޑަ މަންޒަރުތަކެއް ދައްކަވަމުން ކަމަށެވެ.

ސަރުކާރުގެ ބައެެއް އަމަލުތައް ހުންނަ ގޮތުން ސިފަވަނީ އިލްމުވެރިންނަށް މަލާމާތް ކުރަމުންދާ މަންޒަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީީއެން އަށް ނިސްބަތްވާ މީހުން މަގާމުތަކުން ވަކި ކުރަމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: