ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް: ޖަމީލް

މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސްބުނެ ނެރުނު ރިޕޯޓާކީ ސަލްމާން ރުޝްދީ ފޮތާއި އެއްވަރުގެ އެއްޗެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

 

“މިއީ 100 ޕަސެންޓް މުސްލިމް ޤައުމެއް. އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް. ފިޔަވަޅު އެޅުމަށް ވާނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަޤާމްތަކުން ވަކިކޮށް، ހައްޔަރުކުރަންޖެހޭ މީހުން މުޖްތަމަޢުގެ ސަލާމަތަށް ހައްޔަރުކުރުން ” ޖަމީލް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވީ، ސަރުކާރުން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓާއި ދޭތެރޭ ފިޔަވަޅު އެޅި ކަމަށް ވަނީ، ރިޕޯޓުގެ ފަހަތުގައި ތިބި މީހުން، ރައީސް އޮފީހާއި ދައުލަތުގެ މަޤާމްތަކުން ވަކިކޮށް، ހައްޔަރުކުރަންޖެހޭ މީހުން މުޖްތަމަޢުގެ ސަލާމަތަށް ހައްޔަރުކުރުމުން ކަމަށެވެ.

https://twitter.com/MJameelAhmed/status/1181815832243929088

އެމްޑީއެން އިން ނެރުނު އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ރިޕޯޓްގެ މައްސަލަ ތަހްގީގު ކޮށް ގާނޫނު އަސާސީގެ ދަށުން ފިޔަވަޅު ނާޅައިފިނަމަ ވާނީ ކުށްވެރިންނަށް ސަޕޯޓް ކުރުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ތަހްގީގު ކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިތުރުން ފުލުހުން ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: