ކުއްލި ޚަބަރު

އެމްޑީއެންގެ މެންބަރުން ސަރުކާރުން ވަކިނުކުރުމަށް މަޖިލީހުން ނިންމައިފި

އެމްޑީއެންގެ މެންބަރުން ސަރުކާރުން ވަކިނުކުރުމަށް މަޖިލީހުން ނިންމައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ މެންބަރުން ސަރުކާރުގެ މަޤާމުތަކުން ވަކިނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

އެމްޑީއެން ރިޕޯޓް އެކުލަވާލުމުގައި އުޅުނު މީހުންނާއި 2015 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގައި އިސްކޮށް މަސައްކަތްކޮށްފައިވާ މީހުން އައްޔަން ކޮށްފައިވާ މަގާމުތަކުން ވަކިކޮށް އެމީހުންގެ މައްސަލަ ތަޙްޤީޤުކޮށް އެމީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް ރައްޔިތުންގެ މަޖލީހަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ޝިޔާމް ވިދާޅުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ހ އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހި ވަޑައިގަންނަވާތީ މަޖިލިސް ޤަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

އެ މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. އެ މައްސަލަ ނުބެލުމަށް ނިންމާފައިވަނީ މަޖިލީހުގެ 35 މެންބަރުންގެ ވޯޓުންނެވެ. އަދި އެމައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ އެންމެ 11 މެންބަރުންނެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާކަންކަން އެބަހުރި ކަމަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާ ފަދަ ވާހަކަތައް ހިމަނާފައިވާކަން ދިވެހި ސަރުކާރުން ޤަބޫލުކުރާއިރު އެ ޖަމިއްޔާ ހިންގުމުގައި ހަރަކާތްތެރިވަމުންދާ ގިނަބަޔަކު 2018 ވަނަ އަހަރު އެކުލަވައިލެވުނު އެކި މަޤާމުތަކަށް އައްޔަންކޮށްފައި ތިބުމުން އެމީޙުން ސަރުކާރުގައި ތިބެގެން އިސްލާމްދީނަށް ފުރައްސާރަކުރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޚާއްސަކޮށް ސަރުކާރުގެ ތަންފީޒީ މަޤާމުތަކަށް އެޖަމިއްޔާގައި މަސައްކަތްކޮށްފައިވާ މީހުން އައްޔަންކޮށްފައިވާތީ އެމިޙުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރާނެ ކަމަށް ތުހުމަތު ކުރެވޭތީއާއި އެފަދަ ބަޔަކު ދައުލަތުގެ އިސްމަޤާމުތަކުގައި ތިބުމަކީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅި އިސްލާމީ ވަޙުދަތާއި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި، ޤައުމުގައި ޚިލާފުތައް އެފެދި ބާތިލް ފިކުރުތަށް ރާއްޖޭގައި ފެތުރުމަށް މަގު ފަހިވެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.

އެމްޑިއެންގެ ރިޕޯޓާއި ގުޅިގެން ރައީސް ފިޔަވަޅު އަޅަން ފަސްޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ވަނީ މި މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ އާންމު ފަރާތަކުންނާއި އިސްލާމިކް މިނިސްޓްރީއިން ފުލުހުންނަށް ހުށަހަޅާފައިވުމުން އެ މައްސަލަ ދަނީ ތަހުޤީޤު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: