ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވައުދު ފުއްދުމަށް ނަޒާހަތްތެރި މަޖިލީހަކުން ފުރުސަތު ފަހިކޮށްދޭނެ: ރިފްއަތު

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒިކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ.

 

“ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ” ރިފްއަތު ވިދާޅުވިއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އަންގާރަ ދުވަހު ވަނީ އިންކަމްް ޓެކްސް ނެގުމުގެ ބިލާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުން ޑްރާފްޓް ކުރަން ފެށުމުން އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އަދި ބައެއް ވަޒީރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެެވެ.

އުސޫލެއްގެ ގޮތުން ސަރުކާރުގެ ބިިލުތައް ޑްރާފްޓް ކުރަމުން އަންނަނީ ބަންޑާރަނައިބު އޮފީހުންނެވެ.

https://twitter.com/ibriffath/status/1181632148140261381

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: