ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ދައުލަތަކީ ސެކިއުލަރ ދައުލަތެއް؟

ދިވެހި ރާއްޖެ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިޔަ ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ދިވެހި ދައުލަތަކީ ސެކިއުލަރ ދައުލަތެކެވެ. މިއަދަކު ނޫނެވެ. އިއްޔެއަކު ނޫނެވެ. މީގެ އެއް އަހަރު ކުރިންނެއްވެސް ނޫނެވެ. ނުވަތަ މީގެ 8 ވަރަކަށް އަހަރު ކުރީގައެއްވެސް ނޫނެވެ. ޒަމާން ތަކެއް ވެއްޖެއެވެ. ލައްކަ ގިނަ ވެރިކަން ބަދަލުވެއްޖެއެވެ. ކޮންމެ ވެރިކަމެއްގައިވެސް ފިސާރި ރަނގަޅަށް ދީން ހިމާޔަތްކުރެއެވެ. ހިމާޔަތް ކުރަނީ ކޮން ދީނެއް ކަމެއް ނޭނގެއެވެ. ބުނަނީ އިސްލާމް ދީން ހިމާޔަތް ކުރާ ވާހަކައެވެ. ތަފާތަކީ ކޮންމެ ވެރިކަމެއްގައިވެސް އިސްލާމް ދީނަށް ދޭ އަހައްމިއްޔަތުކަމެވެ. އެކި ވެރިކަމުގައި އެކި ވަރަށެވެ. ބައެއް ވެރިކަމުގައި ހަރާން ހަލާލަށް އެކަނި ބަލައެވެ. ނުވަތަ ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށްވުމުން ބައެއް ހުކުމްތައް ބަދަލުވެސް ކުރެއެވެ.

ތައުލީމުއް ދިޔާނާއަށް އެކަނި އަމަލު ކުރަންޖެހޭ ވެރިކަން ވެސް ކޮށްފައި އެބަހުއްޓެވެ. ދީނީ ދަންނަ ބޭކަލުން ފަހު އައްތަހިޔާތުގައި “ސައްޔިދުނާ” ކަނޑައިގެން ޗިލީ ސޯސް ހާކާފައި ތުނބުޅި ބޭލުވި ވެރިކަމަކާވެސް ރައްޔިތުން ބައްދަލުކުރިއެވެ. ބިރަކާ ނުލާ އަންބަރާ ކުރި ވެރިކަމަކާވެސް ކުރިމަތިލާންޖެހުނެވެ. އެއީ ދޮން މީހުން އުޅޭ ގޮތަށް އުޅެން މުޅިން އެހެން ދިވެހި ރާއްޖެއަކަށް މި ރާއްޖެ ދީލައިލި ވެރިކަމެކެވެ. އޭގެ ފަހުން ހެސްކިިޔާފައި ދީން ހިމާޔަތް ކުރި ވެރިކަމެކެވެ. އަމާޒަކީ ދައުލަތުގެ ދީން ކަމަށް ބަލާ އަމާޒުގެ ދުނިގަނޑު ހެޔޮވަރުކޮށްލާ މީޒާނަށް ދޫކޮށްލިއެވެ. ދައުރުގެ ފަހުކޮޅުގައި މިއުޒިކް ފެސްޓިވަލް ބޭއްވުމަށް ދެކޮޅު ހެދިއެއް ކަމަކު ކާނިވަލުގައި  “މަސްތު ކަލަންޑަރު” ގެ ގަނޑުތައް ވިހުރުވާލި ވެރިކަމަކާ ދިވެހިން ބައްދަލުކުރިކަންވެސް ތާރީޚުތަކުން ފެންނަން އެބައޮތެވެ.

މިއީ އެއްވެސް ހާލެއްގައި ސިޔާސީ ވާހަކަތަކެއް ނޫނެވެ. ސިޔާސީ ކުރަންވީ ވަކި ކީއްކުރަންހެއްޔެވެ؟ އެއީ މާ ރީތި ކަމެއް ހެއްޔެވެ؟ އެންމެންވެސް ބުނަނީ ސިޔާސީ ކަންކަމުގައި ދީން ހަތިޔާރަކަށް ނުނެގުމަށެވެ. އެހެންވީމާ ދީނީ ކަނޑިއާއި އައްޑަނަ ބާއްވާނަމެވެ. އެހެނަސް އިސްލާމް ދީނަށް ހީނަރުކަން އަންނަ ފަދަގޮތަކަށް ނުވަތަ މާތް ނަބިިއްޔާ ސއވ އަށް ފުރައްސާރަކުރާ ކޮންމެ ވަގުތެއްގައި ނަގަން އެއައްވުރެ ވަރުގަދަ ހަތިޔާރެއް ފަހެ ކޮބައިތޯއެވެ؟

މާލެ ހުކުރު މިސްކިތު މުންނާރު: ފޮޓޯ މީސް މީޑިއާ

ކޮންމެ ވެރިކަމެއްގައި ވިޔަސް އިސްލާމް ދީނަށް ހީނަރުވާ ގޮތަށް ކަންކަން ވެގެން ދަންޔާ ދިވެހިންގެ ލޭ 100 “ޑިގްރީ ސެލްސިއަސް” އަށް ވުރެ މަތިން ކެކޭނެއެވެ. ކުރިންވެސް ފާހަގަކޮށްލިހެން ތަފާތަކީ ދީނަށް ފާޅުގައި ފުރައްސާރަ ކުރާ ދުވަސްވަރާއި އެކަން ނުކޮށް ހަމަހިމޭނުން ތިބޭ ދުވަސްވަރެވެ. ތަފާތަކީ ދީނަށް ފުރައްސާރަކުރުމުން ފިޔަވަޅު އަޅާ ވެރިކަން ތަކާއި ނާޅާ ވެރިކަންތަކެވެ.

ނަމަވެސް ދައުލަތަކީ ސެކިއުލަރ ދައުލަތަކޭ ބުނަނީ މާތްވެގެންވާ އިސްލާމް ދީނާއި ސިޔާސަތު ވަކި ކޮށްފައި އޮތީމައެވެ. ގަބޫލު ކުރަން ދައްޗަސް މިއީ ހަގީގަތެވެ. ގިނަ ކަންކަމުގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުހޯދައެވެ. އިސްލާމް ދީނާއި ޚިލާފް ކަމަކަށް ވަނީ ރޯ އޮރިޔާމާ މަގުމަތީގައި ދުވެގެން އެކަނި ހެއްޔެވެ؟ ނުވަތަ ފާޅުގައި ދީނަށް ހަޖޫ ޖަހައިގެން ހެއްޔެވެ؟ ނުބައި އާދަކާދަތަކާއި ބިދުއަތަކުންވެސް އެއްކިބާވާން ޖެހެއެވެ. ޑިމޮކްރަސީ އަކީ އެބަޔަކު އުޅެން ބޭނުންވާ ގޮތްތައް އަމިއްލައަށް ކަނޑައަޅައި އެބަޔަކު އެކަމަކަށް ތަބާވެގެން އުޅޭ ނިޒާމެކެވެ.

ޑިމޮކްރަސީ ވިޔަސް ނުވަތަ ރަސްކަމެއް ވިޔަސް އެ ނިޒާމެއް އޮންނަ ބައެއް އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރެއެވެ. މިސާލަކަށް ރާއްޖެއާއި މާދުރު ނޫން އެއް ގައުުމު ކަމަށްވާ މެލޭޝިޔާގައި ވެރިއަކު ހޮވަނީ ވޯޓު ލައިގެންނެވެ. އެކަމަކު އެ ގައަމުގުގައި އިސްލާމީ ޝަރިީއަތް ތަންފީޒު ކުރެއެވެ. ނުލަފާކަން ދައްކާ ބަޔަކު ތިބުމަކީ އަދި އެހެން ވާހަކައެކެވެ. ގާނޫނު އަރާ ހަމަކުރުމުން ލަހެއް ފަހެެއް ނޯވެއެވެ.  ރާއްޖެ އެހެންތޯއެވެ؟

މޮޑެލުން ހޮވުމަށް ރިސޯޓެއްގައި ބޭއްވި ޝޯއެއްގައި ދިވެހި އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުން ލައިގެން ހަރަކާތްތެރިވަނީ: ފޮޓޯ މީސް މީޑިއާ

ރާއްޖޭގައި އަދިވެސް ގޭގޭގައި ވަރުވަރަށް އީދު މީލާދީއަށް ކުކުޅާއި ގެރި ކަތިލައި ކޭންގަނޑު ހަދަނީއެވެ. އަދި މީގައި އެންމެ ހެއްވާ ކަމަކީ އެދުވަހަކީ ސަރުކާރުވެސް ބަންދު ދުވަހެކެވެ. ބޮލުގައި ނުރަޖަހައިގެން ޅަ ވާންވެގެން ކަޅުވެސް ކުރެއެވެ. ތުނބުޅީގައި ނުރަޖަހާތީ ގައިގަންނަ ކުރައްވާ ލަދުން ބާލަނީއެވެ. “ޅަނދޮޅު” އަންހެން ކުދިން ނުބާލާނެތީޔޯލައެވެ. ތިމާއަށް މާތް ރަސްކަލާނގެ ދެއްވި ބުރު ސޫރަ ކަމުނުގޮސްގެން ބަދަލުވެސް ކުރެއެވެ. “އަންބަރާ” ވެސް ކުރަނީއެވެ. ނެތިވެސް މޮށެނީއެވެ. ދެބަވެސް އޮޑުވަނީއެވެ.

ވައްކަމުގެ މައްސަލަތައް ފިޔަވައި ޝަރުއީ ކޯޓުތަކުން ހުކުމް ކުރަނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށެވެ. ވައްކަމަށް 6 މަހަށް ޖަލަށް ލުމެވެ. ކިހާ ސެކިއުލަރ ހެއްޔެވެ. އެހެން ހުކުމްތައް އިސްލާމީ ޝަރީއަތާ އެއްގޮތަށް ކުރިޔަސް ތަންފީޒީ މަރުހަލާގައި 25 އަހަރަށް ޖަލަަށް ލުމެވެ. އަރުވާލުމެވެ. ނުވަތަ ހޭ އަރުވާލުމެވެ. މިއީ ދައުލަތަށް ނޭނގޭ ކަންކަން ހެއްޔެވެ؟ ދައުލަތެއްގައި ދީނީ ކަންފުޅެއްވެސް ދަންނަ މީހަކު ހަމަ ނެތީ ހެއްޔެވެ؟ ނުވަތަ ފޮތް ނުކިޔާތީ ވާގޮތަކީ ހެެއްޔެވެ؟

އިސްލާމީ މަރުކަޒު: ފޮޓޯ މީސް މީޑިއާ

އިސްލާމް ދީން ހިމާޔަތް ކުރެވޭނީ ﷲ ސުބުހާނަހޫ ވަތައާލާ 7 އުޑު މަތިން ބާވައިލެއްވި އެ އިލާހުގެ ހުކުމްތައް ތަންފީޒުކޮށްގެނެވެ. ރަސްކަމެއް އޮތަސް ޑިމޮކްރަސީއެއް އޮތަސް ކޮންސްޓިޓިއުޝަނަލް މޮނާކީއެއް އޮތަސް ނުވަތަ އޮޓޮކްރަސީއެއް އޮތަސް ވަރިހަމައެވެ. އެވަރުން ނުވަންޏާ ރިޕަބްލިކެއް ނުވަތަ ކޮމިއުނިޒަމެއް ގެނެސްގެންވިޔަސް މިތަނުގައި ﷲ ތައާލާގެ ހައްދުތައް ތަންފީޒު ކުރަންވީއެވެ. މާތް ނަބިއްޔާގެ ސުންނަތުން އަޅުގަނޑުމެންނަށް ގެނެސްދެއްވި ހަމަތަކާއި އުސޫލުތައް ދަމަހައްޓަންވީއެވެ.

އަނދިރި ދައުލަތަކީ ހަމަ “ދައުލަތެވެ.” މިނިވަން ފިކުރަކީ އަނދިރި ފިކުރެވެ. އެއީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ފިކުރެކެވެ. ދިވެހި ދައުލަތުގައި އެޅުވިފައިވާ ސެކިއުލަރ “ނަޓު” ލުއްސައިގެން ނޫނީ އަނދިރި ފިކުރު ފޮހެލެވޭކަށް ނެތެވެ.

މިއީ އަހަރެމެން ފަޚުރުވެރިވާ އަހަރެމެންގެ ވަތަނެެވެ. އަހަރެމެން ބޭނުންވަނީ މިނިވަން ޚިޔާލުގެ ނިރުބަވެރި “އަނދިރި ފިކުރު” ދައުލަތުން ލުހެލައި އޭގެ މޫތައް އަންދާލާށެވެ. އަހަރެމެން ބޭނުމީ އިސްލާމް ދީނެވެ. މާތް ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. ވަﷲ އައުލަމް! 

https://www.facebook.com/icade11/videos/406731810220853/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ހަގީގަތުގައިވެސް ޝަރީއަތް ތަންފީޒުކޮށްގެން ތި އަނދިރި ފިކުރުގެ މީހުން މައިތިރިވާނީ

  2. މިކަމުގައި ޔާމީނެއް ނަޝީދެއް އިބޫއެއް ނޯންނާނެ. އަނދިރި ފިކުރު މުލުން ލުހެލާ!

Leave a Reply to ތައްޓު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: