ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އިލްމުވެރިން ރައީސްގެ އަރިހަށް: “އުންމީދަކީ ދެކެވުނު ވާހަކައަށް އަމަލީ ސިފަ އައުން”

ދީނީ އިލްމުވެެރިން ރައީސް ސޯލިހާއި ބައްދަލު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެންޑީއެމް) އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުވެ ދެކެނު ވާހަކައަށް އަމަލީ ސިފައެއް އަންނާނެ ކަމުގެ އުންމީދު ކުރައްވާކަމަށް މަޝްހޫެރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެބައްދަލުވުމަށްފަހު ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުކުރައްވަން ދީނީ އިލްމުވެރިން ރައީސް އޮފީހަށް ވަޑައިގަތުމުން އޭބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ އިހުސާސްތައް ރައީސް ސޯލިހް އެއްސެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާމެދު އަވަސް ފުރުސަތެއްގައި އަމަލީ ސިފަ ޖެހިގެން ދިއުމާމެދު ޔަގީން ކުރައްވާ ކަމަށެވެ.

https://twitter.com/dr_iyaz/status/1181547593383342080

ހޯމަ ދުވަހު މަޖިލީހަށް އެންޑީއެމް ރިޕޯޓާއި ގުޅޭ ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސްކޮށްފައި ވެއެވެ. މަޖިލީސް ޖަލްސާއަށްފަހު ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީއާއި އެމްޑީއެން ގުޅިލާމެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއިން އެނގި ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ބައެއް އާއްމުންވަނީ، އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެފަދަ ގޮތަކަށް ބަސް ރައްދު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އެމްޑީއެން އަކީ އެމްޑީޕީއެއް ވެސް ނޫން ކަމަށާއި އެ ޖަމިއްޔާއަށް އެމްޑީޕީގެ އެއްވެސް ތާއީދެއް ނެތްކަމަށް ބުނެފައެވެ. އެ ޓްވީޓުތަކަށް ޑރ.އިޔާޒް ވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ އެފަދަ މެމްބަރުންނެއް ނޫންކަން އޭނާވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ތެރޭގައި އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއި އިސްލާމް ދީނަށް ލޯބި ނުކުރާ މީހުންވެސް ތިބި ކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެއީ ހިތި ނަމަވެސް ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.

ޑރ.އިޔާޒް އެކަމާއި ގުޅޭގޮތުން ވިދާޅުވީ، ބަޔަކު މީހުން އިސްލާމްދީނަށް ނިސްބަތްކޮށްގެން ހަރުކަށި އަމަލުތަކެއް ހިންގި ނަމަވެސް އެ މީހުންގެ އަމަލުތަަކަކީ އިސްލާމްދީނާއި ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

ޑރ.އިޔާޒަކީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ލާދީނީ ކަންކަން ފާހަގަކުރައްވައި އެކަންކަމާ ގުޅޭ ގޮތުން އެންމެ ބޮޑަށް މީސްމީޑިއާގައި ފާޑުވިދާޅުވަމުންދާ އެއް ދީނީ އިލްމުވެރިޔާއެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން އިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެ މައްސަލައާއި ގުޅިގެން ހޯމަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޕޯޓުގެ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ ކަމަށެވެ. އަދި އެމްޑީއެން ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށާއި ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ.

ފުލުހުންގެ ތަހުގީގާއި ގުޅިގެން ޝަހިންދާ ކުރި ޓްވީޓުތަކެއްގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރިކަމަށެވެ. އޭނާއާއި އޭނާގެ ޖައްމިއްޔާއިން ކުށެއް ކޮށްފައިވާނަމަ މައްސަލަވެސް ބަލަންޖެހޭނެކަން ޝަހިންދާ ވަނީ ޓްވީޓުތަކުގައި ގަބޫލުކޮށްފައެވެ. ނަމަވެސް، އޭނާ ވަނީ އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ހުށަހެޅުމުގެ މާ ކުރިން “ބަޔަކު” މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެއްދި ކަމަށެވެ.

އެތައް ބަޔަކު އިންޒާރު ދީ، ދޮގު ފަތުރާ މައްސަލަތަކެއް ވެސް ފުލުހަށް ހުށަހެޅުމުން އެ މައްސަލަ ނުބަލާ ކަމަށާއި އެހެން ކަންކަމަށް “ސީރިއަސްކަން” ދިނުމަކީ ފިނޑި އަމަލެއްގެ ގޮތުގައި ޝަހިންދާ ވަނީ ސިފަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: