ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފިޝަރިޒް މިނިސްޓްރީ

އަންބަރީ ދޯނި އިނޑިޔާސިފައިންގެ ބެލުމުގެ ދަށުގައި (ފޮޓޯ - ސޯޝަލް މީޑިޔާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވެ މަލިކު ކައިރިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި ދޫކޮށްލައިފި. ހުކުރު ދުވަހުގެރޭ މަލިކު ކައިރިން އިންޑިޔާ ސިފައިން ހިފެހެށްޓި ރާއްޖޭގެ މަސްދޯންޔެއް ކަމުގައިވާ “އަންބަރީ” ދޯނި ދޫކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިދޯނީގައި ތިބި 11 ފަޅުވެރިންނާއެކީ މިހާރުވަނީ މާލެ އައުމުގެ މަސައްކަތް ފަށާފައެވެ.

ފިޝަރިޒް މިނސްޓްރީއިން ބުނިގޮތުގައި މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެއެކެވެ.

މިފަދަ ގޮތަކަށް ހަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއެއް. އަދި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެއް. ނަމަވެސް އަންބަރީ ދޯނި ވަނީ ކުރުމުއްދަތަކަށް ފަހު ދޫކޮއްލާފައެވެ.

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމަކީ ރައްޖެއިން ކުރާ މަސް އެކްސްޕޯޓުގެ ވިޔަފާރިއަށް އަސަރު ކުރާނެ ކަމެއް ކަމަށްވާތީ ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށާއި އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމުގެ އިތުރުން މިފަދަ އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އެޅޭނެ ވާހަކަވެސް ފިޝަރީޒް މިނިސްޓްރީއިން ބުނެފައިވެއެެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: