ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތާއި ސިކުނޑިއަށް ވުރެ ގިނައިން ދިވެހިން ބޭނުންކުރަނީ ދޫ: ޑރ ޒަކަރިއްޔާ

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އެންމެ ބޮޑު މައްސަލައަކީ ސިކުނޑިއާއި ހިތުގެ ބޭނުން ކުރާ މިންވަރަށް ވުރެން ބޮޑަށް ދުލުގެ ބޭނުން ކުރުން ކަމަށް ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޒަކަރިއްޔާ އެފަދައިން ވިދާޅުވީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ކައުންސިލަރުންގެ މަހާސިންތާ” ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވީ، ދިވެހިންވެސް ބޭކާރު ވާހަކަތައް ދެއްކުމުގައި ވަގުތު ހޭދަކުރުން މަދުކުރުމަށް ފަހު ސިކުނޑިއާއި ހިތުން ވިސްނައިގެން މަސައްކަތް ކުރާ ނަމަ ދިވެހި ގައުމުވެސް ތަރައްގީގެ ގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމުތަކުގެ ލިސްޓަށް އަރާނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ މަސައްކަތެއްވެސް އެކަމަކަށް ލޯބި ޖައްސުވައިގެން ކުރާނަމަ ވަރަށް ފުރިހަމައަށް ކުރެވޭނެ ކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. ޒަކަރިއްޔާ ވަނީ އެ މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށް އިހްލާސްތެރިކަމާއިއެކު ހުރިހާ މަސައްކަތެއް ވެސް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކައުންސިލަރުންގެ މަހާސިންތާ އަކީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.

އެ މަހާސިންތާގައި ވަނީ ކައުންސިލްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: