ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މާދަމާ 1 ޖަހާއިރު ކްރިމިނަލް ކޯޓުގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މާދަމާ 13:00 ގައި ކްރިމިނަލް ކޯޓުގައި ތަވާލުކޮށްފިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަން ނިންމީ ރައީސް ޔާމީންގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅުއްވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ.

ނަމަވެސް އަޒީމާ ރާއްޖެއިން ބޭރުގައި އުޅުއްވާތީވެ، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވެން ނެތުމުންނާއި މިމައްސަލައިގައި ހެކިބަސް ދިނުމަށް ބޭނުން ނުވާ ކަމަށް ކޯޓަށް އަންގާފައިވާތީ އޭނާގެ ހެކިބަސް ނުނަގަން ކޯޓުން ނިންމިއެވެ. އެހެންކަމުން ހެކިބަސް ނަގާ ނިމުނީ ކަމަށް ނިންމެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވަނީ މިމައްސަލައިގައި ކިތާބީ ހެކިތަކަށް ވާހަކަދެއްކުމަށް ދައުލަތަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމަށް އެ ދުވަހު ފުރުސަތު ދެއްވާފައެވެ.

ދެގަޑިއިރާ 30 މިނެޓް ވަންދެން ކިތާބީ ހެކިތަކަށް ވާހަކަދެއްކުމަށްފަހު ގާޒީ ޝަރީއަތުގެ މަޖިލިސް އެ ދުވަހު ނިންމަވާލެއްވީ މިމައްސަލައިގައި ދެން އޮންނަ ފަހު އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދަވާނެ ކަމަށް އިއުލާންކުރުމަށްފަހުއެވެ.

ކުރިން ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތް  މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އޮންނާނެކަމަށް އިސް ގާޒީ އިއުލާންކުރެއްވި ނަމަވެސް ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން މިހާރު ވަނީ މާދަމާގެ މެންދުރުފަހު 1:00 ޖަހާއިރު ކުރިއަށް ގެންދަން ނިންމާފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އުޅުއްވާ އަބްދުﷲ ޝިޔާޒް ވަނީ މާދަަމާގެ ޝަރީއަތަށް ޗިޓު ލިބިފައިވާކަން ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: