ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ އިތުރުކުރެވެމުން: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ދަނީ ވަރަށް ބޮޑުތަނުން އިތުރުކުރަމުން ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ހިފަހައްޓައި 150 ކިލޯގެ މަސްތުވާތެކެތި ވަނީ އަތުލައިގަންފައެވެ.

އެ މައްސަލައާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، އެފަދަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނީ ކަމާއި ބެހޭ ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވަނީ ފުލުހުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

https://twitter.com/ShimranAb/status/1181486543887720448

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ އިތުުރުން ޗީފް އޮފް ޑިފެންސް ފޯސް ވެސް ވަނީ އެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ނިންމާލެއްވުމުން ފުލުހުންނާއި ސިފައިންނަށް މަރުހަބާ ދަންނަވާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓުން އަތުލައިގަން މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: