ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވަރިން ފަންޑު ދެގުނަ އިތުރުވެއްޖެ: މިނިސްޓަރ އަމީރު

ސޮވެރިންގ ފަންޑުގައި ހުރި ފައިސާ ދެގުނަ އިތުރުވެއްޖެ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވެރިންގް ފަންޑުގައި ހުރި ފައިސާ ދެގުނަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސޮވެރިން ފަންޑަކީ ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމިން އެމްއެމްއޭއާއި ހަވާލުކޮށް އުފެއްދެވި ފަންޑެކެވެ. އެ ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޓްސްއެވެ.

ސޮވެރިން ފަންޑުގައި ހުރި ފައިސާގެ ތަފްސީލު ދެއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދު މިނިސްޓަރ އަމީރު އަރިހުން ސުވާލު ދެންނެވުމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ފަނޑުގައި 96.3 މިލިއަން ޑޮލަރު ކަމަށެވެ. އަދި މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް އައިއިރު ފަންޑުގައި 181 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

“އަޅުގަނޑުމެން 30 ސެޕްޓެމްބަރު 2018 ގެ ނިޔަލަށް އެސްޑީއެފްގެ ބެލެންސް އޭރު އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު، ސޮވެރިން ޑިވެލޮޕްމަންޓްގެ ބެލެންސްގެ ގޮތުގައި ހުރީ ގާތްގަނޑަކަށް 96.3 މިލިއަން ޑޮލަރު. 3 އޮކްޓޫބަރު 2019 އަށް އެސްޑީއެފްގެ ބެލެންސްގެ ގޮތުގައި ހުރީ 181 މިލިއަން ޑޮލަރު،” މިނިސްޓަރު ވިދާޅުވިއެވެ.

އެސްޑީއެފް ހަރުދަނާކުރުމުގެ ގޮތުން ބިލެއް ހުށަހެޅުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ ގުޅިގެން ކުރަމުން އަންނަކަން މިނިސްޓަރގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ބިލް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެއިޑް ޕެކޭޖުގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ހިމެނޭ ކަމަށާއި އެ ބޭނުންކުރާނީ ސަރުކާރުން ހިންގާ ބޮޑެތި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޕްރޮޕޯސަލް ހުށަހަޅައިގެން ކަމަށް އަމީރު ވިދާޅުވިއެވެ. އެ ކްރެޑިޓް ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 1.5 އިންސައްތަަ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 200 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ލިބިފައިވާ ކަމަށާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް އިންޑިއާގެ ރިޒާވް ބޭންކާއި އެކު އެމްއެމްއޭ އިން ގާއިމްކޮށްގައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: