ކުއްލި ޚަބަރު

ދައުލަތުން މިހާތަނަށް ދިން ގެއްލުމުގެ ބަދަލު، އެއް ބިލިއަނަށް!

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން އެއް ބިލިއަން ރުފިޔާ ދައްކައިފި - ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އުވާލާފައި ހުރި އެއްބަސްވުންތަކާއި، އަދި އެ ނޫންވެސް އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި މިހާތަނަށް ދެއްކި ފައިސާގެ އަދަދު އެއް ބިލިއަނަށް އަރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެެވެ.

ދައުލަތުން ބަދަލު ދޭންޖެހުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަމީރު އާއި ސުވާލު ކުރައްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. އަމީރު ވަނީ، މި ސަރުކާރުން ކުންފުނިތަކާއި މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހިފައިވަނީ ކުރީގެ ސަރުކާރުގެ ދޯދިޔާ ކަމުގެ ސަބަބުން ކަމަށެވެ. އާބިޓްރޭޝަންގެ ބައެއް މައްސަލަަތައް ފާހަގަކުރައްވާ އަމީރު ވިދާޅުވިގޮތުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒްއަށް ދިވެހި ސަރުކާރުން 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ދައްކަންޖެހުނެވެ. އެ ފައިސާ ސަރުކާރުން ދެއްކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އަމީރު ވިދާޅުވީ ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށްފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ފައިސާ ދެއްކީ މިދިޔަ ޖުލައި މަހު ކަމަށެވެ. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން މި ސަރުކާރުން 26.1 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އެ ފައިސާ ދައްކަން ޖެހުނީ ކުރީގެ ސަރުކާރުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ލިކުއިޑޭޝަންއެއްގެ ތެރޭގައި އެމްއާރުޑީސީ އޮންނަން ޖެހުނީ ކުރީގެ ސަރުކާރުތަކުން އެ ކުންފުނި ލައްވައި މަސައްކަތް ކުރިވައި ކޮންޓްރެކްޝަރުންނަށް ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ކަމަަށެވެ. އެހެން ކަމުން އެއީ ނިންމާފައިވާ މަސައްކަތަކަށްވާތީ ކޮންމެހެން ވެސް ފައިސާ ދައްކަންޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާއާއި ގުޅޮގެން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތައް މައާފް ކުރުމަށް ނިންމާފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ އެ ވައުދާ އެއްގޮތަށް ލޯންތަކުގެ ގޮތުގައި ގާތްގަނޑަކަށް 15.2 މިލިއަން ރުފިޔާ މާފުކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އިތުރު މައްސަލައެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން ކުޑަކުއްޖެއްގެ ދެ ކަންފަތުގެ އިވުން ގެއްލުނު މައްސަލައެވެ. ޑޮކްޓަރުގެ އިހުމާލުވާކަމަށް ސާބިތުވެފައިވާ އެ މައްސަލައިގެ ބަދަލެއްގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާއަށް ދޭން ޖެހުނު އެ ފައިސާވެސް ދައްކާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި އިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓަށް ފައިސާ ދައްކާފައިވާކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އެގްރީމަންޓުތަކެއް ބާތިލްކުރި ކުރުމާއި ދެކޮޅަށް ކުންފުނިތަކުން ކޯޓަށް މައްސަލަތަކެއް މި އަހަރު ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޯޓުން ބައެއް ކުންފުނިތަކަށް ބަދަލު ދިނުމަށް ހުކުމް ކޮށްފައި ވެއެވެ. އަދި ބައެއް ހުކުމްތަކަަށް ދައުލަތުން ވަނީ އެ ކުންފުނިތަކަށް ފައިސާވެސް ދީފައެވެ. އޭގެ ތެރޭގައި ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެތެރެއިން އެއްބައި ސަރުކާރުން ވަނީ ބިގަށް ދީފައެވެ. މި ފައިސާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ދީފައެވެ. އެއީ 30 މިލިއަން ރުފިޔާއެވެ.

މީގެއިތުރުންވެސް ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 15 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. ޑަބްލިއުއެލްޓީއަށް ދެއްކި 130 މިލިއަން ރުފިޔާ އަކީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު ( 231 މިލިއަން ) ރުފިޔާ އަށް ވާ ފައިސާ އިން ޓެކްސްއާ އެހެނިހެން އެއްޗެެއްސަށް ކެނޑުމަށް ފަހު ޖެހޭ އަދަދު ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ދިނުމަށްވެސް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. ދީބާޖާއަށް ފައިސާ އަދި ދީފައި ނުވި ނަމަވެސް ހުކުމާއި ގުޅިގެން އެ ކުންފުނީގެ ހުށަހެޅުމަކަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް އެ މައްސަލަ ވަނީ ފޮނުވާފައެވެ. ހަމައެއާއެކު ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ ދެއްކުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: