ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 ފެބުރުއަރީގައި ބަޣާވާތްކުރި އިސް މީހުންގެ މައްސަލަ ބަލަނީ!

7 ފެބުރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ހިންގި ބަޣާވާތުގެ ތެރެއިން: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވި ދުވަސް ކަމަށްވާ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ބަޣާވާތް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތާކާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން ގާނޫނީ ލާފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަަދާކުރާ މިންވަރު ބަލާ ކޮމެޓީ އިން މިއަދު ނިންމައިފިއެވެ.

އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި މައްސަލަ އަލުން ބެލިދާނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް  އެ ކޮމެޓީއިން ވަނީ ނިންމާފައެވެ.

މި މައްސަލަ އެ ކޮމެޓީއިން ބެލެމަށް ނިންމީ އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުނު ސިޓީއަކާއި ގުޅިގެންނެވެ. އެ ސިޓީގެ މައްސަލައިގައި މިއަދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މަޝްވަރާކޮށްފައިވާ އިރު، އެ ކޮމިޓީގެ މެމްބަރުން ވަނީ ސިޔާސީ ހުރިހާ ލީޑަރުން އެއްބަސްވި ގޮތަށް މީގެ ކުރިން ބަލައި ނިންމާފައިވާ މައްސަލައެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ބެލިދާނެކަމާ މެދު މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން ކޮމިޓީން ނިންމީ އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށެވެ.

އާންމު ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ކަމަށެވެ. އަދި އެކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް އެ ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ރިޒާ އެވެ.

ކުރީގެ ހޯމް މިނިސްޓަރ ކާނަލް ނާޒިމް އަކީ އެ ކޮމިޓީގައި އިންނަވާ ބޭފުޅެކެވެ. އެއީ ދަނގެތީ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުންނެވެ. އޭނާ ވިދާޅުވީ މިއީ ބެލޭނެ މައްސަލައެއް ކަމުގައިވާނަމަ އެ މައްސަލަ ބެލުމަށެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި އިތުރަށް ހުންނަން ވެއްޖެނަމަ ގައުމާއި ރައްޔިތުންނަށް ގެއްލުން ވެދާނެ ކަމަށެޓަކައި އިސްތިއުފާ ދެއްވީ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފަހުން ވިދާޅުވީ ބޮލުގައި ބަޑި ޖައްސައިގެން އިސްތިއުފާ ދިނުމަށް ބަޔަކު އެންގީ ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރައީސް ނަޝީދު ވަނީ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބޮލުގައި ބަޑި ޖެއްސިކަމަށް ވިދާޅުވީ ސީދާ އެހެން އަމަލު ކުރީ ނޫންކަމަށާއި އެދުވަހު ފެނިގެން ދިޔައީ އެފަދަ ހާލަތެއް މެދުވެރިވެގެން އުޅޭ މަންޒަރުކަަމަށް ސިފަކުރައްވާފައެވެ.

7 ފެބުރުއަރީ އަކީ ރައީސް ނަޝީދު އަދި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެންމެ ހިތްދަދި އެއް ދުވަހެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން މިހާރުވެސް ބުަނަމުންދަނީ ބަޣާވާތް ކުރި މީހުންނަށް މި ސަރުކާރުން މަގާމް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމީހުން ބޭރުން ކުރަން ޖެހޭ ކަމަށެވެ. ޚާއްސަ ގޮތެއްގައި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: