ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަބުނީ މޫނު ބުރުގާގެ ވާހަކަ! އެއީ އޮޅުމެއް، މާފުކުރޭ: އަހުމަދު އާމިރު

ބުރުގާ އެޅުން މަނާކުރުމަށް ގޮވާލި އަހުމަދު އާމިރު. އޭނާ ވަނީ ކުރިން ދެެއްކި ވާހަކަ އޮއްބާލަން މާފަށް އެދިފައި: ފޮޓޯ މީސް މިޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަހުމަދު އާމިރު ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ދިވެހި އަންހެނުން ބުރުގާ އެޅުން ހުއްޓުވައިދިނުމަށް އެދި މީސް މިޑިއާގައި ފާޅުކަން ބޮޑު ގޮތަކަށް ގޮވާލުމަށްފަހު އާންމުންގެ ފާޑު ކިޔުން އަމާޒު ވުމުން ރާގު ބަދަލުކޮށް އޭނާ ކުރިން ބުނީ މޫނު ބުރުގާގެ ވާހަކަ ކަމަށް ބުނެ ކުރިން ދެއްކި ވާހަކަ އޮއްބާލައިފިއެވެ.

އޭނާ ވަނީ ފަހުން އެއީ މޫނު ބުރުގާ އެޅުމާ ދެކޮޅަށް ބުނި އެއްޗެއްކަމަށް ހަދައި އެކަމާގުޅިގެން މާފަށް އެދިފައެވެ. ނަމަވެސް އޭނާ މާފަށް އެދިފައިވަނީ މަލާމާތާއި ފުރައްސާރައިގެ ރާގެއްގައެވެ.

އާމިރު މީގެ ކުރިން ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ބުރުގާ އެޅުން މަނާ ކުރަން ޖެހޭ ކަމަށާއި، ބުރުގާ އަޅާ މީހުން ހައްޔަރު ވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ބުރުގާ އަޅާ މީހުންނަށް ފުރައްސާރަ ކުރަމުން އޭނާ ބުނީ ބުރުގާ އެޅުމުން މީހުންގެ ގައިން ދުވަނީ ނުބައި ވަހެއް ކަމަށެވެ.

އެ ވީޑިއޯގައި އޭނާ ވަނީ ބުރުގާ އެޅުން މަނާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލާފައެވެ.

އިސްލާމް ދީނުގައި މިނިވަން އަންހެނާގެ އައުރައަކީ މޫނާ ދެ އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއް ވަނާ ނޭނގޭ ގޮތަށް ނިވާކުރުމެވެ. މޫނު ބުރުގާ އެޅުމަކީ ވާޖިބު ކަމެއް ނޫނެވެ. އެހެން ނަމަވެސް މޫނު ބުރުގާ އެޅުމަކީ ގަދަވެގެންވާ ސުންނަތެއްކަމަށް އިލްމުވެރިން ބުނެއެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖިނާއީ ކުށެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: