ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިރިގަލު ވަޑާމުން އާމްދަނީ ހޯދޭނެ ފުރުސަތުތަކެއް ފަތުރުވެރިކަމާއި ގުޅުވައިގެން ފަހިކޮށްދޭނަން: މިނިސްޓަރ ޔުމްނާ

ހިރިގަލު ވަޑާމުގެ ކޯހުގައި ބައިވެރިންނާއެކު މިނިސްޓަރ ޔުމޮނާެ (ފޮޓޯ - ސޯޝަލޮ މީޑިޔާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހިރިގަލު ވަޑާމުން އާމްދަނީ ހޯދޭނެ ފުރުސަތުތަކެއް ފަތުރުވެރިކަމާއި ގުޅުވައިގެން ފަހިކޮށްދޭނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ އެ މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ގަދީމީ ކަލެކްޝަން ގުޅިގެން ބޭއްވި ސަގާފީ ހިރިގަލު ވަޑާން ކޯސްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ މިކަހަލަ ކޯހެއް ކުރިޔަށް ގެންދިޔުމަކީ ރާއްޖެގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސަތްކަތެއް ކަމަށާއި ދިވެހި ޒުވާނުންނަށް ހިރިގަލު ވަޑާމުން އާމްދަނީ ހޯދޭނެ ފުރުސަތުތަކެއް ފަތުރުވެރިކަމާއި ގުޅުވައިގެން ހުޅުވާލެވިދާނެކަމެވެ. ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބައިވެރިން ކޯހުގައި ހަދާފައިވާ ހިރިގަލު ވަޑާމުގެ މަސަތްކަތްތައް ވަނީ ދައްކާލާފައެވެ.

 

 

ބައިވެރިންގެ މަސަތްކަތް ދައްކާލުން (ފޮޓޯ – ސޯޝަލޮ މީޑިޔާ)

4 އަންހެންކުދިންނާއި 3 ފިރިހެން ކުދިން ބައިވެރިވެގެން ކުރިޔައްދިޔަ މިކޯސް ދެ މަސް ދުވަހައް ކުރިޔައްދިޔައިރު މިކޯހުގެ ޓްރެއިނަރެއްގެ ގޮތުގައި ހުންނެވީ ގަދީމީ ކަލެކްޝަންގެ ފަރާތުން މުހައްމަދު އިމްރާންއެވެ.

ކޯހުގެ ބައިވެރިންނަށް އެންމެ ފުރަތަމަ ދަސްކޮށްދީފައިވަނީ ހިރިގަލު ވަޑާމުގައި ބޭނުން ކޮށްފައިވާ ޑިޒައިންތައް ކުރެހުމަށެވެ. އެތައް ސަތޭކަ އަހަރުތަކެއްވީ ޑިޒައިންތަކެއް ދަސްކޮށްދިނުމުގެ ގޮތުން ހުކުރު މިސްކިތަށް ފީލްޑް ޓްރިޕެއްވެސް ވަނީ ގޮސްފައެވެ. ހިރިގާ މިހާރު ރާއްޖޭގައި ހިމާޔަތްކުރެވިފައިވާތީ މި ކޯހުގައި ބައިވެރިންނަށް ކިޔަވައިދިނުމުގެ ގޮތުން ޕްލާސްޓާ އަދި ކޮންކްރީޓު ބޭނުންކުރެވުނެވެ. ކޯހުގެ ފަހު އިމްތިހާނެއްގެ ގޮތުގައި ގުރޫޕް ޕްރޮޖެކްޓެއްވަނީ ހަދާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: