ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަގު 59 މިލިއަން ރުފިޔާއަށް އަރާ: ސީޕީ ހަމީދު

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު: ފޮޓޯ ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޭރުގެ ބޯޓުން ފެނުނު ޑްރަގުގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭރުގެ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 4 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފްސީލާއި ގުޅޭގޮތުން ސިފައިންނާ ފުލުހުން އެއްޗެއް ބުނެފައިނުވާއިރު، ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

https://twitter.com/M_Hameedh/status/1181426108924923905

ހއ.ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، އެ ބޯޓް އަތުލައިގަތް އިރު، އެބޯޓްގައި ހުރި ޑްރަގު ނަގަން ދިޔަ ދިވެހި މަސް ދޯނި “ހޭދަކުރި -7” ވެސް ވަނީ އޮޕަރޭޝަންގެ ތެރޭގައި ހިފަހައްޓައިފައެވެ.

ހަމީދު އިތުރަށް ވަނީ އެ ކާމިޔާބު އޮޕަރޭޝަނަށް ފުލުހުންނާ ސިފައިން ކުރި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްވެސް ވަނީ އެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔަ ކަމަށްޓަކައި ފުލުހުންނާއި ސިފައިންނަށް ޝުކުރު ދަންނަވާފައެވެ

ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ގުޅިގެން ހިންގި އެ އޮޕަރޭޝަން އަކީ އިންޑިއާ ސިފައިން ދިން އިންޓެލިޖެންސްގެ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: