ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއިއެކު ހިފެހެއްޓި ބޭރު ބޯޓުގައި ކާކުކަން ނޭނގޭ 6 މީހެއް

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާ އެކު ދަތުރު ކުރަމުން ދަނިކޮށް އަތުލައިގަތް ބޭރުގެ ބޯޓުގައި ކޮން ބައެއް ކަން ނޭނގޭ 6 މީހަކު ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ.ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 27.5 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ރާއްޖޭގެ އުޅަނދެއްކަމުގައިވާ “ހެދޭކުރި -7” ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ދިވެހި މަސް ދޯނީގައި ތިބި ދެ ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންގައި ހިފެހެއްޓި ބޯޓާއި މަސް ދޯނި މިހާރު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރޭގެ ވަގުތެއްގައި ދޫނިދޫއަށް އެ ދެ އުޅަނދު ވެސް ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޭރުގެ އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށާއި ނަމަވެސް އެ ބޯޓު ދުއްވާފައިވަނީ އިރާނުގެ ދިދަ ނަގައިގެން ކަމަށެވެ.

ފުލުހުން އަދި އެމްއެންޑީއެފުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން އަދި އެމްއެންޑީއެފުން އެކުގައި ކުރިއަށް ގެންދިޔަ އެ އޮޕަރަޭޝަން ކާމިޔާބު ވުމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސިފައިންނާއި ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: