ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު އީސަގެ މައްސަލައެއް ސަލަފުން ޕޮލިހަށް ހުށައަޅައިފި!

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމްއިއްޔަތުއް ސަލަފްގެ ބައެއް އިލްމުވެރިން ރިޝްވަތު ނަގައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ދީނީ ފަތުވާ ނެރުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވުމާއި ގުޅިގެން އެ ޖަމްއިއްޔާއިން އީސަ އާއި ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލައެއް ހުށައަޅައިފިއެވެ.

ސަލަފް ޖަމްއިއްޔާއިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވަނީ މި މަހުގެ 6 ވަނަ ދުވަހު މެމްބަރު އީސަ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ޖަމްއިއްޔާގެ ބައެއް ދީނީ އިލްމުވެރިން ރިޝްވަތު ނަގައިގެން މީގެ ކުރިން ފަތުވާދިން ކަމަށް ވިދާޅުވި ކަމަށާއި އެފަދަ ބުހުތާން ދޮގު ހައްދަވައި އެޖަމްއިއްޔާގެ އިލްމުވެރިން ގެ އިތުބާރާއި ގަދަރު ކުޑަވާގޮތަށް ވާހަކަ ދައްކަވާފައިވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށެވެ.

އެޖަމްއިއްޔާ އިން ބުނެފައިވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ވާފަދައިން ގާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެއް ކަމުގައެއެވެ. އަދި ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި މަންފާތައް ލިބުމަކީ ކޮންމް މިހެއްގެވެސް ހައްގަކަށް ވާތީ އިލްމުވެރިންގެ އަގުވައްޓާލައި މުޖުތަމައުގައި ފިތުނަ ފަސާދަ އުފައްދާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހީ މަސައްކަތް ކުރާ ފަރާތަތަކަށް ބިރުދައްކާ މަސައްކަތް ކުރުމުގެ މަގު ބަންދުކުރުމަށް މަސައްކަތް ނުކުރުމަށް އެ ޖަމްއިއްޔާއިން ފުލުހުންނަށް ވަނީ އިލްތިމާސެއް ކޮށްފައެވެ.

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަބަދުވެސް ފެންނަ މަންޒަރަކީ ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ހަދަމުންދާތަން މަންޒަރެވެ. މިއަދުވެސް އެމްޑީއެންގެ މައްސަލައިގައި ޓްވީޓު ކުރައްވާ ގިނަ އިލްމުވެރިންނަކީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ދީނާ ޚިލާފް އެތަކެއް ވާހަކަތަކެއް ދެކެވުނުއިރު އެއްގޮތަކަށްވެސް އެއްޗެއް ވިދާޅުނުވެ ތިއްބެވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ސަލަފުގެ ބައެއް ދީނީ އިލްމުވެރިން ރިޝްވަތު ނަގައިގެން ފަތުވާ ނެރެފައިހުރިކަމަށް ތުހުމަތުކޮށް ވަރަށް މުއުތަބަރު މައުލޫމާތު ބައެއް ފަރާތަކުން އޭނާއަށް ގެނެސްދިން ކަމަށެވެ.

އީސަ ވަނީ އޭރު އޮރިޔާން ނިވާ ނުވާވަރުގެ ހެދުން އަޅައިގެން ބޮޑެތި މިއުޒިކް ޝޯތައް ރާއްޖޭގައި ބޭއްވުނުއިރުވެސް ސަލަފުގެ ބޭފުޅުން ތިއްބެވީ ސަރުކާރުގެ ދިފާއުގައި ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އޭރުގައި ދީން ހިމާޔަތް ކުރުމަށް ބޮޑެތި ބައްދަލުވުންތައް ބާއްވާ ޕެޓިޝަން ހަދައި މަގުމައްޗަށް މުޒާހާރާކުރަން ނިކުންނަ ވާހަކަ ސަލަފްގެ އިލްމުވެރިން ނުދައްކަވާކަން ފާހަގަކުރައްވާފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: