ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް އިލްމުވެރިން މީސް މީޑިއާގައި ވާހަކަ ދައްކަނީ އިސްލާމް ދީން ދެކެ ލޯބިވެގެނެއް ނޫން: މެމްބަރު އީސަ

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މީސް މީޑިއާގައި ވާހަކަދައްކަނީ އިސްލާމް ދީން ދެކެ ލޯބިވެގެން ނުވަތަ ދީން ހިމާޔަތްކުރުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މެމްބަރު އީސަ މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި އޭނާ ދެކެވަޑައިގަންނަވާ ގޮތާއި ބެހޭގޮތުން ސަންގުން ސުވާލުކުރުމުންނެވެ.

އީސަ ވިދާޅުވީ އަބަދުވެސް ފެންނަ މަންޒަރަކީ ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ހަދަމުންދާތަން މަންޒަރެވެ. މިއަދުވެސް އެމްޑީއެންގެ މައްސަލައިގައި ޓްވީޓު ކުރައްވާ ގިނަ އިލްމުވެރިންނަކީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ދީނާ ޚިލާފް އެތަކެއް ވާހަކަތަކެއް ދެކެވުނުއިރު އެއްގޮތަކަށްވެސް އެއްޗެއް ވިދާޅުނުވެ ތިއްބެވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

“އެބޭފުޅުން އޭރު ތިއްބެވީ، އާ.. ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި. ނޫނިއްޔާ އެސަރުކާރުގެ ސިޔާސީ ނުފޫޒުގެ ތެރެއިން ހޯދާފައި ތިބޮ ބޮޑެތި މަގާމްތަކުގައި ބޮޑު މުސާރަ ލިބިވަޑައިގެން ތިއްބެވީ. ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް އެބޭފުޅުން ތިއްބެވީ ލޯމަރާލައިގެން.” އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ސަލަފުގެ ބައެއް ދީނީ އިލްމުވެރިން ރިޝްވަތު ނަގައިގެން ފަތުވާ ނެރެފައިހުރިކަމަށް ތުހުމަތުކޮށް ވަރަށް މުއުތަބަރު މައުލޫމާތު ބައެއް ފަރާތަކުން އޭނާއަށް ގެނެސްދިން ކަމަށެވެ.

އީސަ ވަނީ އޭރު އޮރިޔާން ނިވާ ނުވާވަރުގެ ހެދުން އަޅައިގެން ބޮޑެތި މިއުޒިކް ޝޯތައް ރާއްޖޭގައި ބޭއްވުނުއިރުވެސް ސަލަފުގެ ބޭފުޅުން ތިއްބެވީ ސަރުކާރުގެ ދިފާއުގައި ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އޭރުގައި ދީން ހިމާޔަތް ކުރުމަށް ބޮޑެތި ބައްދަލުވުންތައް ބާއްވާ ޕެޓިޝަން ހަދައި މަގުމައްޗަށް މުޒާހާރާކުރަން ނިކުންނަ ވާހަކަ ސަލަފްގެ އިލްމުވެރިން ނުދައްކަވާކަން ފާހަގަކުރައްވާފައެވެ.

އިސްލާމް ދީނާ ޚިލާފް ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މެމްބަރު އީސަ ވަނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

“މިއަދު އެމްޑީއެންގެ ރިޕޯޓު އަޅުގަނޑަށް ލިބިފައިހުރި މައުލުމާތުގެ މައްޗަށް ބުރަވާކަމަށް ވަންޏާ، އެ ރިޕޯޓުގައި ފާހަގަކޮށްފައި އެހެރަ ކަންކަމަކީ ތަހުގީގު ކުރަންޖެހޭ، އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅުވެސް ދިވެހި ރާއްޖޭގެ މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކެއް”. އީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަހުގީގީ އިދާރާތަކުންނާއި ސަރުކާރުން އެމްޑީއެންއާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

https://www.facebook.com/SanguTelevision/videos/1390726687742583/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: