ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ޖަލްސާއިން އެނގުނީ އެމްޑީޕީއާއި، އެމްޑީއެން ގުޅިލާމެހިފައިވާކަން: ޑރ.އިޔާޒް

އެމްޑީޕީއާއި އެމްޑީއެން ގުޅިލާމެހިފައިވާ ކަން ހާމަވެއްޖެ : ޑރ. އިޔާޒް - ފޮޓޯ/ ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއިން އެނގިގެން ދިޔައީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ގުޅިގައިވާ ބައެއް ކަން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާއި އެމްޑީއެން ގުޅިލާމެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއިން އެނގި ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ބައެއް އާއްމުންވަނީ، އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް އެފަދަ ގޮތަކަށް ބަސް ރައްދު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އެމްޑީއެން އަކީ އެމްޑީޕީއެއް ވެސް ނޫން ކަމަށާއި އެ ޖަމިއްޔާއަށް އެމްޑީޕީގެ އެއްވެސް ތާއީދެއް ނެތްކަމަށް ބުނެފައެވެ. އެ ޓްވީޓުތަކަށް ޑރ.އިޔާޒް ވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ އެފަދަ މެމްބަރުންނެއް ނޫންކަން އޭނާވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ތެރޭގައި އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއި އިސްލާމް ދީނަށް ލޯބި ނުކުރާ މީހުންވެސް ތިބި ކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެއީ ހިތި ނަމަވެސް ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.

https://twitter.com/dr_iyaz/status/1181142366826057728?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1181142366826057728&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F246874

ޑރ.އިޔާޒް އެކަމާއި ގުޅޭގޮތުން ވިދާޅުވީ، ބަޔަކު މީހުން އިސްލާމްދީނަށް ނިސްބަތްކޮށްގެން ހަރުކަށި އަމަލުތަކެއް ހިންގި ނަމަވެސް އެ މީހުންގެ އަމަލުތަަކަކީ އިސްލާމްދީނާއި ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

ޑރ.އިޔާޒަކީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ލާދީނީ ކަންކަން ފާހަގަކުރައްވައި އެކަންކަމާ ގުޅޭ ގޮތުން އެންމެ ބޮޑަށް މީސްމީޑިއާގައި ފާޑުވިދާޅުވަމުންދާ އެއް ދީނީ އިލްމުވެރިޔާއެވެ.

https://twitter.com/dr_iyaz/status/1181176129886904320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1181176129886904320&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F246874

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން އިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެ މައްސަލައާއި ގުޅިގެން ހޯމަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޕޯޓުގެ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ ކަމަށެވެ. އަދި އެމްޑީއެން ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށާއި ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: