ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓް ތައްޔާރުކޮށް އެކުލަވާލި މީހުންނަށް 18 ހާހުން 20 ހާހުން މުސާރަދިން: ޝެއިޚް އިލްޔާސް ޖަމާލް

ޝެއިޚް އިލްޔާސް ޖަމާލް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުު މަގާމަށް ރައީސް ސާލިހު އައްޔަންކުރައްވައި ފަތްކޮޅު އަރުވަނީ: ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އެން އިން އިސްލާމް ދީނާއި ރަސޫލާ ސައވ އަށް ހަޖޫޖަހާ ފުރައްސާރަކޮށް ނެރުނު ރިޕޯޓު ލިޔުނު ފަރާތްތކަށް 18 ހާހުން 20 ހާހުން މުސާރަ ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.

ޝެއިކް އިލްޔާސް ޖަމާލް މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކަކީ، ބޭރު ގައުމެއްގެ ފަންޑެއްގެ އެހީތެރިކަމުގައި ހިންގާ ކަމެއް ކަން ފާހަގަކުރައްވައި އިލްޔާސް ޖަމާލް ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

 

 

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ދީނުން ބޭރުކުރުމަށްޓަކައި ބޭރުގެ އަދުއްވުން އިސްލާމް ދީނުގެ އަދުއްވުން ވަރަށް މަސައްކަތް ކުރާނެކަމަށް އަޅުގަނޑުމެން އިސްލާމުން ހަނދާން ކުރަންޖެހޭނެ" ޝެއިޚް އިލްުޔާސް ޖަމާލް ވިދާޅުވިއެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ އިއްޔެ ނުވަތަ މިއަދު ފެށިގެން އުޅޭ ކަމެއް ނޫންކަން ފާހަގަކުރައްވައި އިލްޔާސް ޖަމާލު ވިދާޅުވީ، ރަސޫލާ ސއވ ގެ ޒަމާނުއްސުރެ މިކަން ހިނގަމުން އަންނަކަމަށެވެ. އެހެންކަމުން މުސްލިމުން އަބަދުވެސް ހޭއަރާ ތިބުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޑީއެން ރިޕޯޓު ތައްޔާރުކުރުމުގައި "ރިސަރޗް އެތިކްސް" އަށް ބަލާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން އިލްމީ ދިރާސާއަކުން ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސްް އިލްޔާސް ޖަމާލްް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިސްލާމް ދީން ހިމާޔަތް ކުރާނެ ކަމަށާއި އަދި ލާދީނީ ފިކުރު ފަތުރަން ޖާގަ ނުދެއްވާނެކަމަށް އިލްޔާސް ޖަމާލު ވިދާޅުވިއެވެ. އެހެން ނަމަވެސް ހަރުކަށިކަން ދައްކައިގެން އެއްވެސް މީހަކު އިސްލާހުގެ މަގަށް ގެނައުމަކީ ރައީސް ސާލިހުގެ ސިޔާސަތެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: