ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްދުފަހަނައަޅާފައިވާ ލާދީނީ މީހުން އެއް މޭޒެއްގެ ދޮށަށް ގެނެސް ސުލްހައިގެ މަޝްވަރާތައް ކުރަންޖެހޭ: ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ

ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރުގެ މީހުން އެއް މޭޒެއްގެ ދޮށަށް ގެނެސް ސުލްހައިގެ މަޝްވަރާތައް ކުރަންޖެހޭކަމަށް އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓާއ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ރިޕޯޓު ނެރުުމުން އެކަމާ ކަންބޮޑުވެލައްވާކަން ފާހަގަކުރައްވާ ޑރ.ޒަކަރިއްޔާ ވިދާޅުވީ މިފަފަ ހާލަތްތަކުގައި މާތް ނަބިއްޔާ ސއވ ދެެއްކެވި ރިވެތި މަންހަޖު ބޭނުންކުރަން ޖެހޭ ކަމަށެވެ. ޖަޒުބާތުގެ ކުރިޔަށް ހިކުމަތް ނެރެގެން މަސައްކަތް ކުރުމަކީ މިހުންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ކީރިތި ގުރުއާނުގައިވެސް އިރުޝާދު އައިސްފައިވަނީ އެގޮތަށްކަން ފާހަގަކުރައްވައި ޑރ.ޒަކަރިއްޔާ ވިދާޅުވީ މީހުންނަށް ގަބޫލުކުރެވޭ ހަމަތަކުގެ މަތިން މަސަކަތް ކުރުމަށް އިސްކަން ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި މީހުން ޖަޒުބާތުގައި ޖައްސުވައިގެން ނާޖާއިޒް ފައިދާ ނެގުމަށް ވާހަކަތައް ދައްކައި ޓުވީޓުކޮށް ހެދުމަކީ ރަނގަޅު ނަތީޖާއެއް ހާސިލް ކުރުމަށް ހުރަސް އެޅޭނެ ކަމެކަން ޑރ.ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: