ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ވެއްޖެ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޖަލަށް ހުކުމްކުރި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެ އެވެ.

ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލަކު  ވިދާޅުވީ އަލީ ހަމީދު ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމްގެ މުއްދަތު ހަމަވީ މިދިޔަ ސެޕްޓެންބަރު މަހުގައި ކަމަށެވެ. ނަމަވެސް ހުކުމްގެ މުއްދަތު ހަމަވެ، އަލީ ހަމީދު މިނިވަންވި ސީދާ ދުވަހެއް ވިދާޅުވެއް ނުވި އެވެ.

އަލީ ހަމީދަށް ދެ ދައުވާއެއް ކުރިއެވެ. އަލީ ހަމީދަށް ދެ ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އައެވެ. އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާއާ ތަހުގީގަށް ފޯނު ނުދިން މައްސަލައެއްގައި ކްރިމިނަލް ކޯޓުން އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ ތަހުގީގަށް ފޯނު ނުދިން މައްސަލަ ބާތިލްކޮށްފައެވެ.

ފަނޑިޔާރު އަލީ ހަމީދާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރެއްވީ މިދޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވިކަން ސާބިތުވެ، ދެ ބޭފުޅުުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ސުޕްރީމް ކޯޓުން އެ ދެބޭފުޅުންނަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބުނެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމެހެއްޓިއެވެ.

އަލީ ހަމީދު ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދިވެސް ހުންނެވީ ބަންދުގައެވެ. އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގައެވެ. ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޑިސެމްބަރު މަސް ތެރޭގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ނޮވެމްބަރު 18 ގައި ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: