ކުއްލި ޚަބަރު

ދީނާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މަޖިލީހުގައި އިއްވަން އޯކޭ، ރައީސް ނަޝީދު ވީމަ ވީ ވޯޓަކަށް ދާން!

މަޖިލީހުގައި ރައީސް ޔާމީންގެ އޯޑިއޯ އިއްވަން، އޯކޭ. އެމަނިކުފާނު ވީމަ އޯކޭއެއް ނޫން - ފޮޓޯ: ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ދީނަށް ފުރައްސާރަ ކުރުމަށްފަހު ދެއްކި ވާހަކައެއްކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވީޑިއޯއެއް ވޯޓަކާއި ނުލާ މަޖިލީހުގައި އިއްވުމަށްފަހު، ރައީސް ނަޝީދު ހަމަ އެފަދަ މޭރުމަކުން ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ މަޖިލީހުގައި އިއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ކުރީގެ ރައީސް ޔާމީން ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އޯޑިއޯއެއް މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. ނަމަވެސް،  ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ މެމްބަރެއްގެ ވާހަކައެއްގެ ތެރެއިން އެފަދަ ގޮތަކަށް އޯޑިއޯއެއްގެ އަޑު ނީއްވޭނެކަމަށް ވިދާޅުވެފައެވެ. އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އެފަދަ އެއްވެސް ކަމެއް ބަޔާންކޮށްފައި ނުވާކަމަށެވެ.

 އެއަށްފަހު އަލުން، އާޒިމަށް ފުރުސަތުތުދެއްވާ ރައީސް ނަޝީދު ވިދާޅުވީ "ޖަލްސާގެ ޔައުމީއާއަށްޓަކާ އޯޑިއޯގެ އަޑު އަލުން ޖައްސައިދިނުމަށް" އެދޭ ކަމަށެވެ. ނަމަވެސް އޭރުވެސް އިދިކޮޅު މެމްބަރުން ނިޒާމީ ނުކުތާއަކަށް އެދެމުން ދިޔައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އޯޑިއޯ ނީއްވޭނީ މަޖިލީޙުގެ ގަވާއިެުގެ ކޮން މާއްދާއެއްގެ ދަށުންތޯ ބުނެދެއްވުމަށް ވިދާޅުވެފައެވެ. އަދި އާޒިމް ވަނީ އެ އޯޑިއޯ މަޖިލީހުގައި އިއްވާފައެވެ.

ބަހުސް މަރުހަލާ ހޫނުވެފައިވަނިކޮށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ ބަހުސްގެ ތެރެއިން ރައީސް ނަޝީދު  ދީނާއި ގުޅޭގޮތުން ދެއްކެވި ވާހަކައެއްގެ އޯޑިއޯ  މަޖިލީހުގެ ތަޅުމުގައި އިއްވެވުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް އެއާއި ވިއްދާ ޓޮމްއަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވާ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހުއްޓުވާފައެވެ. އަދި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަޔަކަށް އިތުރު ބާރުދިނުމުގެ ގޮތުން އެހެން ވަސީލަތެއްގެ ބޭނުން ހިފޭނީ އެކަމަށް މެމްބަރަކު އިއުތިރާޒް ނުކުރައްވާނަމަ ކަމަށާއި އަދި މެމްބަރަކު އިއތިރާޒް ކުރައްވާނަމަ އެ ވަސީލަތެއްގެ ބޭނުން ހިފޭނީ މަޖިލީހުގެ ތަޅުމުގައި އެކަމަށްޓަކައި ވޯޓަށް އެހުމަށް ފަހު ވޯޓުން އެ ވަސީލަތެއްގެ ބޭނުންހިފުމަށް ފާސްވެއްޖެނަމަކަމަށެވެ. 

ރައީސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅީގެން ތޯރިގް ވިދާޅުވީ އަލީ އާޒިމް ވެސް ކުރީގެ ރައީސް ޔާމީން އިސްލާމްދީނަށް ފުއްރައްސާރަ ކުރެއްވި ކަމަށް ވިދާޅުވެ އޯޑިއޯއެއް މަޖިލީހުގެ ތަޅުމުގައި އިއްވެވި ކަމަށާއި ނަމަވެސް އެކަން މަޖިލީހުގެ ރައީސް ހުއްޓުވާފައި ނުވާ ކަމަށެވެ. އަދި ތޯރިގް އެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ނިޒާމީ މައްސަލައިގެ މައްޗަށް ނިޒާމީ މައްސަލަ ނަގާ އެ އޯޑިއޯ ނީއްވޭނެ ކަމަށް ވިދާޅުވިއެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަނީ އެ އޯޑިއޯ މަޖިލީހުގައި ނީއްވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ނިޒާމީ މައްސަލައެއް ނަންގަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝީޔާމް ވަނީ ރައީސް ޔާމީންގެ އޯޑިއޯވެސް އިއްވީ ކަމަށާއި އެ އުސޫލުން ރައީސް ނަޝީދުގެ އޯޑިއޯވެސް އިއްވޭނެ ކަަމަށް ވިދާޅުވެފައެވެ.

އިދާރީ މޭޒުން ރައީސް ނަޝީދާއި ހަވާލު ކުރި ލިޔެކިޔުމެއް ބެއްލެވުމަށްފަހު ރައީސް ނަޝީދު ވަނީ އެ އޯޑިއޯ އިއްވޭނީ ވޯޓަކުން ކަމަށެވެ. އޭރުވެސް އެ އޯޑީއޯ އިއްވުމަށް ޓޮމް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ވޯޓަކަށް އެހުމަށްފަހު ނޫނީ އެ އޯޑިއޯ އިއްވުމަށް އިއުތިރާޒް ކުރާކަމަށް އީސަ ވިދާޅުވުމުން، އެންމެފަހުން މަޖިލީހުން ދިޔައީ ވޯޓަކަށެވެ. ނަމަވެސް، އޯޑިއޯ އިއްވަން ވޯޓު ދެއްވީ 10 މެމްބަރުން ކަމުން އެ ހުށަހެޅުން ފާހެއް ނުވިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސްކޮށްފައިވަނީ މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކް އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެންނެވެ. ކުއްލި މައްސަަލައަަށް ބަހުސް ކުރުން، ނުވަތަ އެންޑީއެމްގެ އެ ރިޕޯޓަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ރައީސް ޔާމީނަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ. އަދި އިދިކޮޅު މެމްބަރުންތައް ވިދާޅުވަމުން ގެންދެވީ އެމްޑީޕީއަކީ ލާދީނީ ފިކުރެއްކަމަށެވެ. ނިޒާމީ މައްސަލަތަކުގެ މައްޗަށް ނިޒާމީ މައްސަލަތައް ނަންގަވާ ދީން ހިމާޔަތް ކުރެވުނުތޯ ނުވަތަ ނޫންތޯއަށް ބަހުސް ކުރެއްވިއިރު މަޖިލީހުގެ ރައީސްވެސް ވަނީ މިއީ ދީން ހިމާޔަތް ކުރެވުނީ، ނުވަތަ ނުކުރެވުނީ ކާކައްތޯ ބެލުމަށް ކުރާ ބަހުސްއެއް ނޫންކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ތެރޭގައި ބަހުސް ހޫނު ގަދަވެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަސްތައް ރައްދު ކުރީ ރައީސް ޔާމީނާއި، ރައީސް ނަޝީދާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ގުޅޭގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: